ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 14:09
ރާއްޖެ އައި ފަތުުރުވެރިންތަކެއް ވީއައިއޭގައި
ރާއްޖެ އައި ފަތުުރުވެރިންތަކެއް ވީއައިއޭގައި
ސަން އޮންލައިން
ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވުން
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ 0.25 އިންސައްތަ
 
ބަލިޖެހުނު 0.18 އިންސައްތަ ފަތުރުވެރިން ވަނީ ބަލިން ރަނގަޅުވެފައި
 
މިވަގުތު 0.7 އިންސައްތަ ފަތުރުވެރިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދޭ
 
ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހަށް ރާއްޖެ އައީ 59,105 ފަތުރުވެރިން

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެއް އިންސައްތަ ފަތުރުވެރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހަށް ރާއްޖެ އައި 59,105 ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 0.25 އިންސައްތަ ފަތުރުވެރިންނެވެ. މި ވަގުތު އޭގެ ތެރެއިން ފަރުވާ ހޯދަމުން ދަނީ 0.7 އިންސައްތަ ފަތުރުވެރިންނެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، ޖުލައި މަހު ރާއްޖެ އައި 1,752 ފަތުރުވެރިންގެ 0.06 އިންސައްތަ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޮގަސްޓް މަހު ރާއްޖެ އައި 7,628 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 0.26 ފަތުރުވެރިންނެވެ. ސެޕްޓެމްބަރ މަހު އައި 9,538 ފަތުރުވެރިންގެ ތެރެއިން 0.36 ފަތުރުވެރިން ޕޮޒިޓިވްވި އިރު، އޮކްޓޫބަރ މަހު ރާއްޖެ އައި 21,515 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 0.26 އިންސައްތަ ފަތުރުވެރިންނެވެ.

މި ހިނގާ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 16,982 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 0.23 އިންސައްތަ މީހުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނައިރު، ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދާއި ފަތުރުވެރިންގެ މެދުގައި މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިހާތަނަށް ރާއްޖެއިން 12،546 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 11،497 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު 997 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުންދާ އިރު، 80 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް