ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 17:39
ނޫރު
ނޫރު
އިންޑިއަން އެކްސްޕްރެސް
ނޫރު
"ނޫރަށް" އެހާ ތަރުހީބެއް ނުލިބުނު
 
މި ފިލްމު ނެރުނު ދުވަހު އާމްދަނީ ލިބިފައިވަނީ 1.54 ކުރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ހިންދީ ފިލްމު "ނޫރު" އަށް އެހާ ތަރުހީބެއް ނުލިބުނެވެ. މި ފިލްމު ނެރުނު ދުވަހު އާމްދަނީ ލިބިފައިވަނީ 1.54 ކުރޯޑް ރުޕީސްއެވެ.

ފިލްމު ނެރުމުގެ ކުރިން ސޮނާކްޝީގެ ޓީމުން ވަނީ ފިލމް ވައިގައި ހިފުމަށް މަސައްކަތް ކޮށްފައެވެ. ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި މިއީ މިކަހަލަ ފިލްމަކަށް ލިބެން އެކަށީގެންވާ އާމްދަނީއެއް ނޫނެވެ. ކުރިއަށް އޮތް ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި ރަނގަޅުވާންޖެހޭކަމަށް އެމީހުން ބުނެއެވެ.

އަދި މިއީ މިއަހަރު މިހާތަނަށް ނެރެފައިވާ ފިލްމުތަކުގެ ތެރއިން މިހާ ދަށް އަދަދެއްގެ އާމްދަނީ ލިބުނު ފިލްމު ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ފިލްމު"ނޫރު" ގައި ސޮނާކްޝީ ފެނިގެންދާނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ޒުވާން ނޫސްވެރިއެއްގެ ރޯލުންނެވެ.

ސޮނާކްޝީގެ އިތުރުން މިފިލްމުގައި ފެނިގެންދަނީ ޕޫރަބް ކޮލީއެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސޮނާކްޝީ ކިބައިގައި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް ކަމެއް ނުފެންނަކަމާއި އޭނާ މި ފިލްމުގައި ކުޅެފައިވަނީ ވަރަށް އަންޕްރޮފެޝަނަލް ބައެއްކަމަށެވެ. އަދި މި ފިލްމު ހަދާފައިވަނީ ނޫސްވެރިކަމަކީ ކޮބައިކަން ނޭގޭ ބައެއްކަމަށް ކްރިޓިސްޓުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެވްރެޖްކޮށް ސޮނާކްޝީގެ އެކްޓިން ރަނގަޅުކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

"ނޫރު"  އިންޑިއާގެ އެކި 1450 ސިނަމާގައި އަޅުވާފައެވެ. މި ފިލްމު ޑައިރެކްޓް ކޮށަފައިވަނީ ސިނިލް ސިޕީއެވެ.
"ނޫރް" އަކީ ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ސަބާ އިމްތިއާޒް 2014 ވަނަ އަހަރު ލިޔެފައިވާ ކޮމެޑީ ތްރިލާ ވާހަކަ، "ކަރާޗީ، ޔޫއާ ކިލިން މީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.


މި ފިލްމުގައި ފެނިގެންދަނީ ޒުވާން އަންހެން ކުއްޖަކަށް ނޫޫސްވެރިއަކަށްވީތީ މުޖުތަމައުގެ ތެރޭގައި ދިމާވާ ފުރައްސާރަ ކުރުންތަކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ ޑިޕްރެޝަނަށްގޮސް ދިރިއުޅުމާ މެދު ފޫހިވެ ރަނގަޅު ބައިވެރިޔަކު ހޯދުމަށް މަސައްކަތްކުރެއެވެ. ނޫސްވެރިއެއްގެ ގޮތުގައި ނޫރަކީ އަބަދުވެސް ވަރަށް ކުދި ހަބަރުތައް ކަވަރުކުރާ ނޫސްވެރިއެކެވެ. ނަމަވެސް އޭނާގެ ނަން ވިދާލާފަދަ މޮޅު ހަބަރެއް ހޯދައި އެންމެ މޮޅު ރިޕޯޓްލިޔާ ނޫސްވެރިޔާގެ އެވޯޑް ހޯދުމަށް ކުރާ މަސައްކަތުގައި އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް "ނޫރް" ގައި ފެނިގެންދެއެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް