ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 13:22
ހުކުރު ޚުތުބާގައި ވަނީ އިސްލާމް ކަމުގެ ނިއުމަތަށް އަލިއަޅުވާލައްވާފައި
ހުކުރު ޚުތުބާގައި ވަނީ އިސްލާމް ކަމުގެ ނިއުމަތަށް އަލިއަޅުވާލައްވާފައި
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ކޯޓުން ބޭރުން ކައިވެނި ކުރުމަކީ އިސްލާމީ ޝަރީއަތާ ބީރައްޓެހި ކަމެއް: ޚުތުބާ
 
ސިއްރުން ކައިވެނި ކުރުމަކީ އިސްލާމް ދީނާވެސް ބީރަށްޓެހި ކަމެއް
 
ކައިވެނި ކުރުމަށް އިސްލާމް ދީނުގައި ވަކި ހަމަތަކާއި އުސޫލުތަކެއް ބަޔާންކޮށްފައިވޭ
 
މުސްލިމުންގެ ނަމުގައި ވަކި އުސޫލުތަކެއް އުފައްދައިގެން އުޅޭ މީހުން އުޅޭ

ކޯޓުން ބޭރުން ކައިވެނި ކުރުމަކީ އިސްލާމީ ޝަރީއަތާ ބީރައްޓެހި ކަމެއް ކަމަށާއި، އެކަމަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމް ކަމުގެ ނިއުމަތް" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ކައިވެނި ކުރުމަށް އިސްލާމް ދީނުގައި ވަކި ހަމަތަކާއި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައިވާ ކަމަށެވެ. އެގޮތުން ކޯޓުން ބޭރުން ކުރެވޭ ކައިވެނީގެ ތެރެއިން ލިބޭ ދަރިންގެ އެތައް ޙައްޤުތަކެއް ގެއްލިގެންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ ސައްޙަ ދަރިއެއްކަމަށް ވީނަމަވެސް އެކަން އެނގޭނެ އެއްވެސް ލިއެކިއުމެއްވެސް ނޯންނަ ކަމަށެވެ. އަދި ޙައްޤެއް ގެއްލިއްޖެނަމަ އެ ޙައްޤު ހޯދައިދެވޭނެ މަގުވެސް ހަނިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރާ ކައިވެނި ކުރަންޖެހޭނީ ވީހާވެސް ގިނަ ބަޔަކަށް އެނގޭ ގޮތަށްކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، ކައިވެނި ކުރުމަށް ފަހު ވަލީމާ (އެންގޭޖްމަންޓް) ޝަރުއު ކުރައްވާފައި ވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް، ހެދިފައިވާ ޤާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނި ކުރުމަކީ އިސްލާމް ދީނާވެސް ބީރަށްޓެހި ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށެވެ.

ހެދިފައިވާ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ސިއްރުން ކައިވެނި ކުރުމަކީ ޤާނޫނާ ޚިލާފު އަދި އިސްލާމީ ޝަރީއަތާވެސް ބީރައްޓެހި އަމަލެއް، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ
ހުކުރު ޚުތުބާ

އޭގެ އިތުރުން، މުޖުތަމައުގައި އެކަހެރިވެ، މުސްލިމުންގެ ނަމުގައި ވަކި އުސޫލުތަކެއް އުފައްދައިގެން އުޅޭ މީހުންނަށް އަލިއަޅުވާލާ ޚުތުބާގައި ބުނީ، އިލްމު އުނގެނުމާއި، ބަލިތަކަށް ބޭސްފަރުވާ ކުރުމާއި، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ބާރުއަޅާ ކަންކަން ކަމަށެވެ.

އެހެން ނަމަވެސް އެކަންކަމާ ދެކޮޅު ބަޔަކު އުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެފަދަ މީހުން ޤަބޫލުކުރާ ގޮތްތަކާ ދެކޮޅުވާ ކޮންމެ ބަޔަކީ ކާފިރުން ކަމުގައި ކަނޑައަޅައި އެމީހުންގެ މަރު ހުއްދަ ކުރާ ކަމަށެވެ. އަދި އެތަނަކީ ކުފުރުގެ ބިމެއް ކަމަށް ނިންމައި، ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި، ކޯޓުން ބޭރުން ކައިވެނި ކުރުން ފަދަ ކަންކަން ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް