އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ޑިއާ ޒިންދަގީ

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

  • މި ދެތަރިން ފެނިގެން ދަނީ އާނަންދް އެލް ރާއި ޑައިރެކްޓް ކުރަން އުޅޭ އާ ފިލްމަކުން

ކ. މާލެ | 24 އޭޕްރިލް 2017 | ހޯމަ 16:57 | 4,105

ޑިއާ ޒިންދަގީގެ ޕޯސްޓަރެއް - ޓްވިޓަރ

އާނަންދް އެލް ރާއި ޑައިރެކްޓްކުރަން އުޅޭ އާ ފިލްމަކުން އާލިއާ އާއި ޝާހުރުކް ޚާން އެކީގައި ފެނިގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ދެތަރިންގެ ފޭނުން ވަނީ ޝާހް ރުކް ޚާން އާއި އާލިއާ ބަޓް އަދި އާނަންދް އެކުގައި ދުބާއީ އެއާޕޯޓުގައި ތިއްބާ ފޮޓޯ ނަގާ ޓްވީޓް ކޮށްފައެވެ.

އެހެން ނަމަވެސް ދުބާއީގައި އޮންނަ އެވޯޑް ހަފްލާއަކަށް ބޮލީވުޑްގެ ބައެއް ތަރިން މިހާރު ވެސް ދަނީ ހަރަކާތްތެރި ވަމުން ކަމަށް ވުމުން އެދަތުރުގެ ފޮޓޯ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޑިއާ ޒިންދަގީގެ ޕްރޮޑިއުސަރުންނަކީ ގޯރީ ޚާން، ކަރަން ޖޯހަރް އަދި ގޯރީ ޝިންޑޭ އެވެ.

ރެޑް ޗިލީ އެންޓަޓެއިންމަންޓް އަދި ދަރުމާ ޕްރޮޑަކްޝަންސް ގުޅިގެން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި އާލިއާ އާއި ޝާޚްގެ އިތުރުން އިރާ ދޫބީ އާއި، ކުނާލް ކަޕޫރާއި، އަލީ ޒަފަރްގެ އިތުރުން އަންގަދް ބޭދީ ވެސް ހަރަކާތްތެރިވެ އެވެ.

އުމުރުން 51 އަހަރުގެ ޝާހުރުކް ޚާން މިހާރު ދަނީ އޮގަސްޓްމަހުގައި ރިލީޒްކުރުމަށް ހަޖެހިފައިވާ އިމްތިޔާޒު އަލީގެ ފިލްމު ގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.