އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ޑަންގަލް

"ޑަންގަލް" އިން އާމިރަށް ދީނާނާތު މަންގޭޝްކަރު އެވޯޑް

  • ދީނާނާތު މަންގޭޝްކަރް އެވޯޑަކީ އަމިއްލަ ފައުންޑޭޝަނަކުން އިންތިޒާމްކޮށްގެން ދޭ އެވޯޑެއް

ކ. މާލެ | 24 އޭޕްރިލް 2017 | ހޯމަ 16:54 | 3,066

ޑަންގަލް ގެ ޕޯސްތަރެއް - އަޒުމޫން އަހުމަދު

ހަތްދިހަ ފަސްވަނަ ދީނާނާތު މަންގޭޝްކަރު އެވޯޑް އާމިރު ޚާނަށް ލިބޭނެކަން އިއުލާންކޮށްފިއެވެ. މާސްޓާ ދީނާނާތު މަންގޭޝްކަރް އެވޯޑަކީ އަމިއްލަ ފައުންޑޭޝަނަކުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. އާމިރަށް އެވޯޑް ލިބެނީ ފިލްމު "ޑަންގަލް" ގައި އޭނާ ކުޅެފައިވާ ރޯލަށެވެ.

މަންގޭޝްކަރު އެވޯޑު ހޯމަ ދުވަހު ބާއްވާއިރު މި އެވޯޑް ބަލާ އާމިރު ނުދާނެ ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ އޭނާ އަކީ އެވޯޑްތަކުގެ ހަފްލާތަކަށް ދާމީހަކަށް ނުވާތީއެވެ.

އާމިރު މިހާރު ވީ "ޑަންގަލް" ޕްރެއމިއާކުރުމަށް ޗައިނާއަށް ގޮސްފައެވެ.  

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތު އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްުމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.