އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް

ރާއްޖޭގައި ހަނީމޫން ހޭދަކުރާ އިނގިރޭސިން ވަރިވުމުގެ ފުރުސަތު ބޮޑު

  • ޕޯލްގައި ބައިވެރިވި 20 އިންސައްތަ މީހުން ހަނީމޫން ހޭދަކޮށްފައި ވަނީ ރާއްޖޭގައި
  • ބޯޑަރު ހުޅުވާލި ފަހުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައީ ޔޫކޭއިން
  • ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި، ހާއްސަކޮށް ހަނީމޫން ހޭދަކުރަން މަގުބޫލު މަންޒިލެއް

ކ. މާލެ | 17 ނޮވެންބަރ 2020 | އަންގާރަ 11:25 | 28,004

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިން ހަނީމޫން ހޭދަކުރަނީ - ޓްރިޕްއެޑްވައިޒަރ

ރާއްޖޭގައި ހަނީމޫން ހޭދަކުރާ އިނގިރޭސިވިލާތު ރައްޔިތުން ވަރިވުމުގެ ފުރުސަތު ބޮޑު ކަމަށް ޕޯލްއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ކުރިޔަށް ގެންދިޔަ ޕޯލްއެއްގައި ކައިވެނި ރުޅޫނު 3،100 މީހުންނާ ސުވާލު ކުރެވުނުއިރު އެ މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ހަނީމޫން ހޭދަކުރީ ރާއްޖޭގެ ރިސޯޓުތަކުގައި ހޭދަކޮށްފައިވާ މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ހަނީމޫން ހޭދަކުރީ މޮރޮކޯގެ މަރަކޭޝްގައެވެ. އިނގިރޭސިންގެ މެދުގައި ހަނީމޫނަށް ދެން އެންމެ މަގުބޫލު ހަނީމޫން މަންޒިލުތަކުގެ ބާލީ، ސަންޓޯރިނީ، ވެނިސް، ބުއޭނޮސް އެއިރިސްގެ އިތުރުން ކަންކުން ހިމެނެއެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް އަބަދުވެސް ހިމެނެއެވެ.

ރާއްޖޭގޭ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ވެސް އިނގިރޭސިވިލާތުންނެވެ. އެގޮތުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، އިނގިރޭސވިލާތުން 4،468 ފަތުރުވެރިން ރާއްޖޭ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.