ކ. މާލެ
|
17 ނޮވެންބަރ 2020 | އަންގާރަ 08:25
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަކްޝޭ ޕާޓީތަކަށް ނުދަނީ ކީއްވެ؟
 
އަކްޝޭ އަކީ އަވަހަށް ނިދާ ފަންނާނެއް
 
އަކްޝޭގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ "ލަކްޝްމީ"

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު ބޮލީވުޑް ޕާޓީ ތަކަށް ނުދާ ސަބަބު އޭނާ ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

"އާލީ ޓު ބެޑް އާރލީ ޓު ރައިސް" އަށް ލޯބިކުރާ އެކްޓަރ އަކްޝޭ، ކަޕިލް ޝަރްމާ ޝޯގައި ދިން އިންޓަވިއުއެއްގައި ބުނީ ޕާޓީތަކަށް ނުދަނީ އޭރަށް އެހެން ތަރިންނަށްވެސް ޕާޓީ ދޭން ޖެހޭނެތީ ކަމަށާއި ޕާޓީއަށް ތައްޔާރުވުމަށް ޓަކައި ގިނަ ފައިސާ ޚަރަދުވާނެތީ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

މީފެ ކުރިން "ކޮފީ ވިތް ކަރަން" ޝޯގައި ވެސް އަކްޝޭ ވަނީ އޭނާއަކީ އޭނާއަކީ އަވަހަށް ނިދަން ލޯބިކުރާ މީހެއް ކަމަށާއި އަވަހަށް ނިދުމަށްފަހު ވަރަށް ފަތިހާ ހޭލާމީހެއް ކަމަށް ބުނެފައެވެ. އަދި އާންމުކޮށް 9 ޖަހާއިދު ނިދާ ކަމަށާއި ރޭގަނޑު މަސައްކަތް ކުރުމަކީ ކަމުދާ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އަކްޝޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާގެ އެންމެ ފަހުން ރިލީޒްކޮށްފައިވާ ފިލްމަކީ "ލަކްޝްމީ" އެވެ. ޑިޒްނީ ހޮޓްސްޓްގައި ރިލީޒްކޮށްފައިވާ މި ފިލްމްގައި އަކްޝޭއާއެކު ލީޑް ރޯލުން ފެނިގެންދަނީ ކިއާރާ އަދުވާނީއެވެ.

އޭނާގެ ކުރިއަށް ގިނަ ފިލްމްތަކެއްގެ މަސައްކަތް ހުރި އިރު އޭގެ ތެރޭގައި "ސޫރްޔަވަންޝީ"، "ބެލްބޮޓަމް"، "އަޓްރަންގީރޭ"، "ޕްރިތްވިރާޖް"، ބައްޗަން ޕާންޑޭ" އަދި "ރަކްޝާ ބަންދަން" ގެ އިތުރުން ވެސް ގިނަ ފިލްމްތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
50%
0%
0%
0%
0%
ކޮމެންޓް