އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ގައުމުގެ ދުލުން

ގައުމީ ލަވަ މުބާރާތުގެ ފަނޑިޔާރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

  • މި މުބާރާތުގެ 90 އިންސައްތަ ލަވަ ވެގެންދާނީ މުޅިން އައު ދިވެހި އަމިއްލަ ރާގުގެ ލަވައަށް
  • މި މުބާރާތުގައި އޮޑިޝަނުން ހޮވާލެވިގެން 50ށް ލަވަ ލިބިގެން ދިޔަ
  • މި މުބާރާތަކީ 6 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު މި މުބާރާތެއް

ކ. މާލެ | 17 ނޮވެންބަރ 2020 | އަންގާރަ 09:55 | 3,761

ފަނޑިޔާރުންނާއެކު އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - ރާއްޖެ އެމްވީ

"ގައުމުގެ ދުލުން" ނަމުގައި ގައުމީ ލަވަ މުބާރާތެއް ބޭއްވުމަށް މުބާރާތުގެ ފަނޑިޔާރުންނާއެކު އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ލަވަ މުބާރާތަކީ މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަަމަންޓް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު ބާއްވާ ގައުމީ ލަވަކިއުމުގެ މުބާރާތެކެވެ.

ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭސީގެ ޗެއަރމަން ޢަލީ ޢަބްދުލް ކަރީމް ވިދާޅުވީ، މި މުބާރާތް ވެގެންދާނީ ބެލުންތެރިންނަށް ވަރަށް ޝަޢުގުވެރި ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާޙައުލެއްގައި އުމުރުފުރާތަކުގެ މެދުގައި ވާދަކުރެވޭގޮތަށް ބާއްވާ މުބާރާތެއްކަމަށެވެ.

އެގޮތުން މި މުބާރާތުގެ 90 އިންސައްތަ ލަވަ ވެގެންދާނީ މުޅިން އައު ދިވެހި އަމިއްލަ ރާގުގެ ލަވަތަކަށެވެ. މިއީ ޤައުމީ ޖޯޝާއި، ރޫޙު އާލާކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، މި މުބާރާތުގެ ކޮންމެ ލަވައެއް ވެސް ޝަރަހަކުރެވި މާނައާއި މެސެޖުން ޤައުމީ ޖޯޝާއި ރޫޙު އާލާވެގެންދިއުމަކީ އުއްމީދެއްކަމަށް ކަރީމް ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލެވިގެން ދިޔައިރު ރަށްރަށުން އޮޑިޝަނަށް ކްލިޕްތައް ފޮނުވާފައި ވަނީ ވާޗުއަލް ކޮންނެވެ. އޮޑިޝަނު ބުރުން 50 ލަވަ ހޮވިގެން ދިޔަ ކަމަށް ކަރީމް ވިދާޅުވިއެވެ.

ހަ އުމުރު ފުރާއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާއިރު މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރު ފުރާތަކަކީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ފަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި، 18 އަހަރާއި 35 އަހަރާއި ދެމެދެވެ.

މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައި ވަނީ ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ ހޮވުމުގެ އިތުރުން ޖޫނިއަރ ގްރޫޕުން އެންމެ މޮޅު ތިންވަނަ، ސީނިއަރ ގްރޫޕުން އެންމެ މޮޅު ތިންވަނަ އަދި މުޅި މުބާރާތުގެ އެންމެެ މޮޅު ތިންވަނަ ކަމަށް ކަރީމް ވިދާޅުވިއެވެ.

މުޅި މުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ފަރާތެއް އެސްއެމްއެސް މެދުވެރިކޮށް ވޯޓުން ހޮވުމާއި، ޅެންވެރިކަމުގެ ގޮތުން މުޅި މުބާރާތުން 1،2،3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.