ކ. މާލެ
|
14 ނޮވެންބަރ 2020 | ހޮނިހިރު 17:47
ކުކުޅު ބިހުން އިސްތަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭ ކަމަށް ދިރާސާތަކުން ދައްކާ
ކުކުޅު ބިހުން އިސްތަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭ ކަމަށް ދިރާސާތަކުން ދައްކާ
-
އިސްތަށިގަނޑަށް ކުކުޅު ބިހުގެ ފަރުވާ
ބޮޑު ހަރަދެއް ނުކޮށް އިސްތަށި ފޭބުން ހުއްޓުވުމަށް ކުކުޅު ބިސް ބޭނުންކުރޭ!
 
ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑުގައި ބިސްހާކަން ޖެހޭ
 
ބޮލުން އިސްތަށި ފޭބުމާއި ހަންފޮޅުމުގެ މައްސަލައަށް ވެސް ކުކުޅު ބިހުން ފަރުވާ ލިބޭ
 
ކުކުޅު ބިހުގައި ހުންނަ ޕްރޮޓީން އަކީ އިސްތަށި ފޭބުން މަދުކޮށްދޭ

ރީތި ކަމަށް އެންމެން ވެސް އިސްކަންދެ އެވެ. ރީތިކޮށް ހުރުމަށްޓަކައި ތަފާތު އެކި ކްރީމްތަކާއި ފަރުވާތައް ވެސް ހޯދާ މީހުން މަދެއް ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ގިނަ ބަޔަކު އެންމެ ގިނައިން ފަރުވާ ހޯދަނީ އިސްތަށިގަނޑަށްށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކޮންމެ މަހަކު ވެސް ބޮޑެތި ހަރަދުތައް ކުރި ނަމަވެސް އިސްތަށިފޭބުން ފަދަ މައްސަލަތަކަށް ހައްލު ނުލިބޭ ކަމަށް ގިނަ މީހުން ބުނެއެވެ. ނަމަވެސް ގޭގައި ކުޑަ މަސައްކަތެއް ކޮށްގެން އިސްތަށިގަނޑަށް ކުރާ ފަރުވާއިން މާ ބޮޑަށް ފައިދާ ކުރާ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.

އެގޮތުން ކުކުޅު ބިހަކީ އިސްތަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ކުކުޅު ބިހުގައި ހުންނަ ޕްރޮޓީން އަކީ އިސްތަށި ފޭބުން މަދުކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ކުކުޅުބިހުގައި އެކުލެވޭ ޕްރޮޓީން އަކީ ވަރުގަދަ ރީތި އިސްތަށިގަނޑަކަށް އެދޭ ނަމަ ބޭނުންވާނެ އެންމެ މުހިންމު މާއްދާ އެވެ.

ބޮލުން އިސްތަށި ފޭބުމާއި ހަންފޮޅުމުގެ މައްސަލައަށް ހައްލު ލިބި އަވަހަށް އިސްތަށިގަނޑު ދިގުވެއެވެ. އެއީ ކުކުޅު ބިހުގައި ގިނަ އަދަދަކަށް ސަލްފަރގެ އިތުރުން ދަގަނޑުގެ ބައި އެކުލެވޭތީ އެވެ.

އިސްތަށިގަނޑުގައި ކުކުޅުބިސް ހާކާނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ

ކުކުޅު ބިހުން އިސްތަށިގަނޑަށް ފަރުވާ ދޭ ގޮތަށް ބަލާއިރު، ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑުގައި ބިސްހާކަން ޖެހެއެވެ. ކުކުޅު ބިސް ރަނގަޅަށް ގިރާލައިގެން އިސްތަށިގަނޑުގައި ބިސް ހާކާލައިގެން 20 މިނެޓާއި، 30 މިނެޓް ބަހައްޓަންޖެހެ އެވެ. އަދި ފިނިފެނުން ދޮވެލާށެވެ. މިގޮތަށް އިސްތަށިގަނޑަށް ފަރުވާ ދޭ ކަމަށްވާނަމަ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ރީތި އިސްތަށިގަނޑެއް ބޭނުންނަމަ އެކިކަހަލަ ކެމިކަލް އެކުލެވޭ ބާވަތްތައް ހޭކުން ހުއްޓާލަން އެބަޖެ އެވެ. އެކިކަހަލަ ކްރިމްތަކާއި، ތެޔޮތައް ބޭނުން ކުރުމުގެ ބަދަލުގައި ގޭގައި މިހެން ދެވޭ ފަރުވާގެ ފައިދާ މާ ބޮޑުވާނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
8%
73%
0%
6%
6%
6%
ކޮމެންޓް