ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 17:08
ގޭޓްސް ފައުންޑޭޝަނުގެ ފައުންޑަރ ބިލް ގޭޓްސް އަދި ގޭޓްސް ފައުންޑޭޝަނުގެ ކޯ ޗެއާ މިލިންޑާ ގޭޓްސް
ގޭޓްސް ފައުންޑޭޝަނުގެ ފައުންޑަރ ބިލް ގޭޓްސް އަދި ގޭޓްސް ފައުންޑޭޝަނުގެ ކޯ ޗެއާ މިލިންޑާ ގޭޓްސް
ގެޓީ އިމޭޖަސް
ގޭޓްސް ފައުންޑޭޝަން
ގޭޓްސް ފައުންޑޭޝަނުން ކޮވިޑް ވެކްސިން ގަތުމަށް އިތުރު 70 މިލިއަން ޑޮލަރުގެ އެހީ ދީފި
 
ކުރިޔަށް އޮތް ތަނުގައި މި ފައުންޑޭޝަނުން ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑްގެ ވެކްސިން ގަތުމަށް އެހީވެދޭނެ
 
ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އަދި މުޅި އެމެރިކާއަށް ފެތުރިފައިވާ ބައްޔެއް: މެލިންޑާ ގޭޓްސް
 
އިތުރު 70 މިލިއަން ޑޮލަރުގެ އެހީ ދިނީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ބެހުމަކީ މުހިންމު ކަމަކަށް ވާތީ

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސް އަދި އޭނާގެ އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ ފައުންޑޭޝަން ކަމަށްވާ ގޭޓްސް ފައުންޑޭޝަނުން ކޮވިޑްގެ ވެކްސިން ގަތުމަށް އިތުރު 70 މިލިއަން ޑޮލަރުގެ އެހީ ހަދިޔާ ކޮށްފިއެވެ.

ގޭޓްސް ފައުންޑޭޝަނުން ބުނީ އިތުރު 70 މިލިއަން ޑޮލަރުގެ އެހީ ދިނީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ބެހުމަކީ މުހިންމު ކަމަކަށް ވާތީ އާއި، ކޮވިޑްގެ ވެކްސިނަކީ ހަމައެކަނި މުއްސަނދި ރައްޔިތުންނަށް ލިބެން ޖެހޭ ވެކްސިނެއްގެ ގޮތުގައި އެ ފައުންޑޭޝަނުން ނުދެކޭތީ ކަމަށެވެ.

ގޭޓްސް ފައުންޑޭޝަނުގެ ކޯ ޗެއާ މެލިންޑާ ގޭޓްސް ވިދާޅުވީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އަދި މުޅި އެމެރިކާއަށް ފެތުރިފައިވާ ބައްޔެއް ކަމަށާއި، އެހެން ކަމުން ކޮވިޑްގެ ވެކްސިން އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ލިބުމަކީ އެ ފައުންޑޭޝަނުން އެދޭ އެދުމެއް ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑްގެ ވެކްސިން ގަތުމަށް އެހީވެދޭނެ ކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ފައުންޑޭޝަނުން ކޮވިޑްގެ ވެކްސިން ގަތުމަށް އިތުރު 70 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައިވާއިރު، ފިޒާ އަދި ބައޯންޓެކްގެ ވެކްސިނަށް ހުއްދަ ޑިސެމްބަރު މަހުގެ ތެރޭގައި ޑަބްލިއުއެޗްއޯއިން ދޭނެ ކަމަށް ބެލެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
75%
0%
0%
0%
25%
ކޮމެންޓް