ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 15:16
އިންޑިއާގައި ކޭސްތަކުގެ އަދަދު އަންނަނީ މަޑުމަޑުން ދަށްވަމުން
އިންޑިއާގައި ކޭސްތަކުގެ އަދަދު އަންނަނީ މަޑުމަޑުން ދަށްވަމުން
އިންޑިއާ ޓައިމްސް
އިންޑިއާގެ ކޮވިޑްގެ ހާލަތު
ދިއްލީގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަތިވެއްޖެ
 
24 ގަޑި އިރު ތެރޭގައި މުޅި އިންޑިއާއިން 44000 މީހުން ޕޮޒިޓިވްވި
 
ދިއްލީން ފާއިތުވި 24 ގަޑިއިރު 7000 މީހުން ޕޮޒިޓިވްވި

އިންޑިއާގެ ނިއު ދިއްލީގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ރެކޯޑް އަަދަދަކަށް މައްޗަށް އަރައިފިއެވެ.

ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަހު ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވާއިރު ބުރާސްފަތި ދުވަހަކީ އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޕޮލިއުޝަން އިތުރުވުމާއި ކާރުބާރު ބޮޑުވުމުގެ ސަބަބުން އިޖްތިމާއީ ގައިދުރުކަން ނުބެހެއްޓުމުގެ އިތުރުން ބައެއް ފެސްޓިވަލްތައް ކުރިއަށްދާތީ ކަމަށެވެ.

ސެޕްޓެމްބަރު މަހު އެ ގައުމުގައި ކޭސްތައް މައްޗަށްދާން ފެށިފަހުން ދިއްލީ ފިޔަވައި އެހެން ސިޓީތަކުގައި ފެންނަ ކޭސްތަކުގެ އަދަދު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. ދިއްލީގައި ކޭސްތައް އިތުރުވަމުން އަންނަ މިންވަރު އަދިވެސް ދަނީ މަތިވަމުންނެވެ.

ދިއްލީގައި ބުރާސްފަތި ދުވަހު 104 މީހަކު ވަނީ މަރުވެފައެވެ. އަދި 7000 އަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑްކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު 44000 އަށް ވުރެ ގިނަ މީހުންގެ އިންޑިއާގައި ޕޮޒިޓިވްވެފައިވެއެވެ.

އިންޑިޔާއިން ދުވާލެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު ވަނީ ފާއިތުވި 15 ދުވަހު 600 އިން ދަށުގައި އުޅުމަށް ފަހު އަނެއްކާ ވެސް 700 އިން މަށްޗަށް އަރާފަައެވެ. ކުޑަ މަޑުޖެހުމަކަށް ފަހު އަނެއްކާވެސް ކޮވިޑްގެ ކޭސްތަށް އިތުރުވާން ފަށާފައިވާއިރު އިންޑިޔާއަކީ މި ވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި