ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 11:11
ކޮވިޑް-19 ވެކްސިން ޖަހަނީ
ކޮވިޑް-19 ވެކްސިން ޖަހަނީ
ގެޓީ އިމޭޖަސް
ސްޕަޓްނިކް ވީ ވެކްސިން
ވެކްސިން ޖަހައިގެން ތިބި ނަމަވެސް ރަޝިޔާގެ ހަތަރު ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް
 
ތިން މީހުންނަކީ ކަޒަކިސްތާނު ބޯޑަރު ކައިރި އޮންނަ އަލްޓައި ސަރަހައްދުން ޕޮޒިޓިވްވި ޑޮކްޓަރުން

ރަޝިޔާ އިން ކޮވިޑް-19 ގެ ފަރުވާއަކަށް އުފެއްދި ''ސްޕަޓްނިކް ވީ'' ވެކްސިން ޖަހައިގެން ތިބި ހަތަރު ޑޮކްޓަރަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ހަތަރު ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ވެކްސިންގެ ރައްކާތެރިކަމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް އެ ވެކްސިން އިން އިމިއުނިޓީ ލިބެން ވަގުތު ނަގާނެ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

ރަޝިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މި މީހުންގެ ތެރެއިން ޕޮޒިޓިވްވި ތިން މީހުންނަކީ ކަޒަކިސްތާނު ބޯޑަރު ކައިރި އޮންނަ އަލްޓައި ސަރަހައްދުން ޕޮޒިޓިވްވި ޑޮކްޓަރުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސްޕެޝަލިސްޓަކު ވިދާޅުވީ، އެ މީހުންނަށް ބަލި ޖެހިފައިވަނީ ވެކްސިން ދީފައި ވަނިކޮށް ކަމަށެވެ.

ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ ސައިންޓިސްޓުން ބުނީ، ވެކްސިން ޖެހުމަށް ފަހު ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީޒް އުފެދެން ވަގުތު ނަގާނެ ކަމަށެވެ. ސްޕަޓްނިކް ވީ ވެކްސިން ޖެހި މީހުންނަށް ފުލް އިމިއުނިޓީ ލިބެނީ ''ބޫސްޓާ ޝޮޓް'' އެއް ޖެހުމުންނެވެ. އެއީ ފުރަތަމަ އިންޖެކްޝަން ޖަހާތަނާ 21 ދުވަސް ފަހުންނެވެ.

ހަތަރުވަނަ ކޭސް ރިޕޯޓް ކުރެވިފައިވަނީ ކެމެރޯވް ކިޔާ ސަރަހައްދަކުންނެވެ. އެ ސަރަހައްދުގައި ހުންނަވާ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ހެޑް ވިދާޅުވީ، ކެމެރޯވްގެ ޑޮކްޓަރު ބައްޔަށް ޕޮޒިޓިވްވީ ވެކްސިން ޖެހިތަނާ ފަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

ރަޝިޔާއިން ކޮވިޑް-19 އަށް ދެ ވެކްސިން އެއް ތައްޔާރުކޮށް، ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ހެލްތް ރެގިއުލޭޓަރުން ވަނީ ދީފަ އެވެ. އެއީ ''ސްޕަޓްނިކް ވީ'' ގެ އިތުރުން ''އެޕިވެލް ކޮރޯނާ'' ވެކްސިން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
67%
17%
17%
0%
ކޮމެންޓް