ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 09:13
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް
ގޫގުލް
ކެޓްރީނާ ރާއްޖޭގައި
ކެޓްރީނާގެ ''ޕެރަޑައިިިސް ފައުންޑް''
 
އެންމެފަހުން ކެޓްރީނާ ފެނިގެންދިޔައީ "ބާރަތު" އިން
 
ރިސޯޓުގައި ވަނީ ޚާއްސަ ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފައި
 
ކެޓްރީނާއާ އޭނާގެ ޓީމުން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނޭވާފުށީގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް ޚާން ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި އެވެ.

ބުރާސްފަތި ދުވަހު ކެޓްރީނާ ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ ''ޕެރަޑައިިިސް ފައުންޑް'' މިހެންނެވެ. ކެޓްރީނާއާ އޭނާގެ ޓީމުން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނޭވާފުށީގަ އެވެ.

ކެޓްރީނާ އާއި އޭނާގެ ޓީމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ރިސޯޓުގައި ވަނީ ޚާއްސަ ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިހަފްތާގެ ކުރީކޮޅު ދެފޮޓޯއެއް ކެޓްރީނާ އާންމުކޮށްފައިވެ އެވެ.

އެންމެފަހުން ކެޓްރީނާ ފެނިގެންދިޔައީ "ބާރަތު" އިންނެވެ. މިފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފާއިވާއިރު، މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނީ އަކްޝޭ ކުމާރާ އެކު ކުޅެފައިވާ "ސޫރިޔަވަންޝީ" އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އަލުން ހުޅުވާލިފަހުން ގިނަ ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
33%
0%
0%
33%
33%
ކޮމެންޓް