ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 22:40
ޔާމީން ވަޅުލުމަށް އޭނާގެ ސަންދޯއް ގެންނަނީ - ޔާމީން ވަޅުލީ އަސްރު ނަމާދަށް ފަހު ހުޅުމާލޭގައި
ޔާމީން ވަޅުލުމަށް އޭނާގެ ސަންދޯއް ގެންނަނީ - ޔާމީން ވަޅުލީ އަސްރު ނަމާދަށް ފަހު ހުޅުމާލޭގައި
ރާއްޖެ އެމްވީ
ޔާމީން މަރާލުން
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
 
ފުލުހުން އުޅެނީ ސިޔާސީ މީހުން ހައްޔަރު ކުރަން: ކުރީގެ ބަންޑާރަ ނައިބު
 
އެތައް ފަހަރަކު މަރުގެ އިންޒާރުގެ ކަންބޮޑުވުން ޔާމީން ހާމަކޮށްފައިވޭ
 
ޔާމީންގެ އެއްވެސް ޝަކުވާއަކަށް ޖަވާބު ދީފައެއް ނުވޭ

ޔާމީން ރަޝީދު އިހާނެތިކޮށް މަރާލި މައްސަލައިގައި އެންމެ ގިނަ ބައެއްގެ ނުރުހުން އަމާޒު ވެގެންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މަތިކޮށްފައި ތިބި ފުލުހުންނަށެވެ.

ޔާމީން ރަޝީދު މަރާލުމާ ގުޅިގެން އޭނާގެ ޓުވިޓަރ އެކައުންޓުގެ ތެރެއަށް ފީނާ ތަންކޮޅެއް ފުނުގައި ހުރި ޓުވީޓުތައް ތިލަ ކުރިއިރު، ޚުދު ޔާމީންވެސް ބުނެފައި އޮންނަތަން ފެންނަނީ، އޭނާ އަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށާއި، އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ޖަވާބެއްވެސް ދީފައި ނުވާ ކަމަށެވެ.

05 ޖެނުއަރީ 2015 ގައި ޔާމީން ކުރި ޓުވީޓެއްގައި މީގެ މަސްތަކެއް ކުރިން މަރުގެ އިންޒާރު އޭނާއަށް ދިން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެއްވެސް އެއްޗެއް އެއާ ގުޅޭ ގޮތުން ބުނެފައި ނުވާ ކަމަށް ހާމަކޮށްފައިވެއެވެ. އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ތިމަންނާ ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އަނބުރާ ދޭން ޖެހޭނޭ ވެސް ޔާމީންގެ ޓުވީޓުގައި ވެއެވެ. ޔާމީން މާނަ ކުރި ކަމަށް ބެލެވެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާތަކުން ރައްޔިތުން ކަމަކު އެދުމުން އެކަމާ އަޅާނުލާ ނަމަ އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ސީދާ ކޮމިޝަނަރ އޮފް ޕޮލިސް އަށް ޓެގް ކޮށް 23 މާރޗް 2015 ގައި ޔާމީން، ކުރި ޓުވީޓެއްގައި އޮންނަނީ، ހުސްވި އަހަރު (2014) މަރުގެ އިންޒާރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އޭގެ ފަހުން ފުލުހުންގެ އިދާރާއިން އެއްވެސް އެއްޗެއް އޭނާއަށް އަންގާފައި ނުވާ ކަމަށެވެ. އެހެން ކަމުން މިއަހަރު (2015) ދެން ރިޕޯޓެއް ނުކުރާނެ ކަމަށެވެ. މީން ފުލުހުންގެ ހާލަތު އެނގޭ ކަމަށެވެ.

ޔާމީންގެ ޓުވީޓް ތަކުން އެނގޭ ގޮތުގައި ފުލުހުންނަށް މައްސަލަ އޭނާ ރިޕޯޓު ކުރީ އޭނާއަށް ހެޔޮ އެދޭ ބަޔަކު ފުލުހުންނަށް މައްސަލަ ހުށަހަޅަން ލަފާ ދީގެންނެވެ.

މަރުގެ އިންޒާރެއް މީހަކަށް ލިބުމަކީ ކުޑަ ކަމެއްގެ ގޮތުގައި ޕްރޮފެޝަނަލް ޚިދުމަތެއްދޭ ފުލުހުންގެ އިދާރާއަކުން ނުދެކޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިއަދު ބައެއް މީޑިއާތަކުގައި ފުލުހުންނާ ހަވާލާދީ، ޔާމީންގެ ޝަކުވާއާ ގުޅިގެން ބައެއް މީހުންނަށް ސުވާލު ކުރިކަމަށް ބުނެފައިވެއެވެ. އެކަމަކު އެއީ ސީރިއަސް ކޮށް ކުރި މަސައްކަތެއް ނަމަ، ޝަކުވާ ހުށަހެޅި ފަރާތައް އެންމެ ކުޑަމިނުން ޖަވާބެއް ދޭން ޖެހޭނެ ނޫންބާވައެވެ؟

ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ޔާމީންގެ މަރުގެ ޙާދިސާއާ ގުޅިގެން ނެރުނު ބަޔާނުގައިވެސް އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި، އެކަންކަމާ ގުޅިގެން ފުލުހުންނަށް ހުށަހެޅުމުން ޖަވާބެއް ދީފައި ނުވާކަމަށް ޔާމީން ބުނި ކަމަށް ލިޔެފައިވެއެވެ.

މިކަމާ އެތައް ރައްޔިތުންނެއްގެ ހިތްހަމަ ނުޖެހުން ސޯޝަލް މީޑިއާގައި ފާޅު ކުރަމުން ގެންދާއިރު، ބަންޑާރަ ނައިބު ކަން ކުރިން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ގެންދަވަނީ ވަރަށް ފާޅުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްތިއުފާއަށް ގޮވާލައްވާ ފުލުހުންނަށް ފާޑު ވިދާޅުވަމުންނެވެ.

"އަރީފް ކޮމިޝަނަރ އޮފް ޕޮލިސް ފައިބާ" ސުއޫދުގެ އެއް ޓުވީޓުގައި ވެއެވެ.

ސުއުދޫ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، އަރީފް ކޮމިޝަނަރ އަކަށް ހުރެގެން ކުރާ އެއްވެސް ތަހުގީގަކަށް އިތުބާރު ނުކުރައްވާ ކަމަށެވެ.

ސުއޫދު ވިދާޅުވެފައިވަނީ، ފުލުހުން ސިޔާސީ ވެގެން ގޮސް ސިޔާސީ މީހުން ހައްޔަރު ކުރުން ނޫން އެހެން ކަމެއް ނުކުރާ ކަމަށެވެ. ކޮމިޝަނަރ ހަމަ މިހާރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއުދޫގެ ޝުއޫރު މިގޮތައް ހުރި އިރު ހަމަ މިމޭރުމުން އެތައް ބަޔަކު ގެންދަނީ މިކަމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ހިތް ހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ ޔާމީން ރަޝީދު މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެންމެ ސީރިއަސް ލެވެލްގައި މައްސަލަ ބަލާނެ ކަމަށެވެ.

މީހުން ކުރަމުންދާ ސުވާލަކީ އޭނާ ދުނިޔޭގައި ހުއްޓާ ފުރާނަ ސަލާމަތް ކުރުމަށް އެހާ ބޮޑު އަހަމިއްޔަތެއް ނުދިނީ ކީއްވެ ހެއްޔެވެ؟ އޭރު މިކަމުގައި ފުލުހުންގެ ޒިންމާ އަދާކޮށްފައެއް ނުވެއޭ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
23 އޭޕްރިލް 2017 | އާދީއްތަ 19:29
ޙ މ ޒ
ބަލަ މަރުގެ ޙުކުމް ތަންފީޒު ކުރައްވަން ރައީސް ޔާމީން އުޅުއްވީމާ ތި އެމްޑީޕީ މީހުން ނައް ކަމުކުނުދިޔަދެއްތޯ؟