ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 04:18
އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް މަގާމުން ވަކިކުރި އެސްޕާ
އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް މަގާމުން ވަކިކުރި އެސްޕާ
ގެޓީ އިމޭޖަސް
އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް
އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް މަގާމުން ވަކިކޮށްފި
 
ވަގުތީ ގޮތުން މަގާމާއި ހަވާލުވެވަޑައިގެންނެވީ ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ
 
އިންތިހާބުގެ ކުރިން އިސްތިއުފާގެ ސިޓީ ލިޔުއްވި: ރިޕޯޓް
 
ޓްރަމްޕާއާ ދެމެދު ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައި

އެމެރިކާގެ ސެކެރެޓަރީ އޮފް ޑިފެންސް މާކް އެސްޕަރ މަގާމުން ވަކިކޮށްފިއެވެ.

އެކަން ހާމަކުރެއްވި އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައެވެ. ޓްރަމްޕް ވިދާޅުވީ، ވަގުތީ ގޮތުން ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާނީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކްރިސްޓޮފާ މިލަރ ކަމަށެވެ.

އެސްޕަރ އާއި ޓްރަމްޕްގެ ދެމެދުގައި އެކި ކަންތައްތަކުގައި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. ހާއްސަކޮށް ޖޯޖް ފޮލޮއިޑްގެ މަރާ ގުޅިގެން ކުރި މުޒާހަރާތައް ހުއްޓުވަން މަގުމައްޗަށް އަސްކަރިއްޔާ ސިފައިން ނެރެން ޓްރަމްޕް ދެއްވި އިންޒާރު ހިމެނެއެވެ. އަދި ދެ ބޭފުޅުންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން އެސްޕަރ ވަނީ ޖުލައި މަހުން ފެށިގެން ޕެންޓަގަންގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުން ހުއްޓާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންތިހާބުގެ ކުރިން އެސްޕަރ ވަނީ އިސްތިއުފާގެ ސިޓީ ލިޔުއްވާފައެވެ. އެސްޕަރއަކީ ޓްރަމްޕް ސަރުކާރުގައި ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ދެވަނަ ބޭފުޅާއެވެ.

އެސްޕަރގެ ކުރިން އެ މަގާމު އަދާކުރައްވަމުން ގެންދެވީ ރިޓަޔަޑް މެރިން ކޯޕްސް މަޓިސްއެވެ. މަޓިސް އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުއެވެ. މަޓިސްގެ ފަހުން އެ މަގާމަށް އައްޔަނުކުރެވުނު ޕެޓްރިކް ޝަނަހަންއަށް ސެނެޓްގެ ރުހުން ނުލިބެނީސް އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
33%
0%
0%
0%
0%
ކޮމެންޓް