ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 04:02
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން
ބީޑީނިއުސް24
ޔޫއެންވޮޗް
ހިއުމަން ރައިޓްސް ކައުންސިލްގައި ޕާކިސްތާން އޮތުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން: ޔޫއެން ވޮޗް
 
ޕާކިސްތާނަށް ފާޑުކިޔުން ވަނީ އިންތިހާ އަށް އަމާޒުވެފައި

އދ. ގެ އިންސާނީ ހައްގުތައް ރައްކާތެރިކުރާ ކައުންސިލް، ހިއުމަން ރައިޓްސް ކައުންސިލް ގައި ޕާކިސްތާން އޮތުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޖެނީވާގައި ޔޫއެން ވޮޗް ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ވަނީ، ޕާކިސްތާނުން އެ ގައުމުގެ އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށް ތަފާތު ކުރުން ގެންގުޅޭ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. އދ. އިން އެކްރިޑިއެޓް ކޮށްފައިވާ ހަމައެކަނި އެންޖީއޯއިން ޕާކިސްތާނާ ދެކޮޅަށް ބަސް ބުނެފައި ވަނީ ފްރާންސްގެ ޕެރިސްގައި ޓީޗަރަކު ކަރުބުރި ކޮށްލި މައްސަލަ ޕާކިސްތާނުން ދިފާއު ކޮށްފައި ވަނިކޮށެވެ.

ރަސޫލާގެ ކާޓޫން ކުރެހި މައްސަލާގައި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯންއަށް ވަނީ މުސްލިމް ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެފައެވެ. އެ މައްސަލަގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން ވިދާޅުވެފައިވަނީ، މެކްރޯން ވަނީ ގަސްދުގައި މުސްލިމުން ރުޅި އަރުވާލާފައި ކަމަށެވެ.

އެކަމާއި ދެކޮޅަށް ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލް އެކައުންޓުން ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ޔޫއެން ވޮޗުން ބުނީ '' ހިއުމަން ރައިޓްސް ކައުންސިލް ގައި ޕާކިސްތާން އޮތުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން'' ކަމަށެވެ.

ޔޫއެން ވޮޗުން ކުރި އިތުރު ޓްވީޓެއްގައި އެ ޖަމިއްޔާއިން ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި އިންތިހާބާ ދެކޮޅަށް ނެރުނު ބަޔާން ހިއްސާކޮށްފައެވެ.

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް ޕާކިސްތާން ހޮވިފައި ވަނީ އެކްޓިވިސްޓް ގްރޫޕްތަކުން އެ ގައުމުގެ ހިއުމަން ރައިޓްސް ރިކޯޑް ގޯސް ކަމަށް ބުނަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް