ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 18:43
ނަރުހިޓޯގެ ކޮއްކޯފުޅު ފުމިހިޓޯ
ނަރުހިޓޯގެ ކޮއްކޯފުޅު ފުމިހިޓޯ
ރޮއިޓަރސް
ފުމިހިޓޯ ކްރައުން ޕްރިންސް ކަމަށް ކަނޑައެޅުން
ޖަޕާނުގެ އެމްޕަރާ ނަރުހިޓޯ، ކޮއްކޯފުޅު ކްރައުން ޕްރިންސް ކަމަށް ކަނޑައަޅައިފި
 
އަންޑަރ ދަ އިމްޕީރިއަލް ހައުސް ހޯލްޑް ލޯ ބަދަލުކުރުމަށް ގޮވާލާފައިވޭ
 
ރަސްމިއްޔާތުގައި ޝާހީ އައިލާތަކުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި
 
ފުމިހިޓޯ ކްރައުން ޕްރިންސް ކަމަށް ކަނޑައެޅުއްވީ އެމަނިކުފާނުގެ ފިރިހެން ދަރިކަލެއް ނެތުމުން

ޖަޕާނުގެ އެމްޕަރަރ ނަރުހީޓޯ، އެ މަނިކުފާނުގެ ކޮއްކޯފުޅު ކްރައުން ޕްރިންސް ކަމަށް ކަނޑައަޅައިފިއެވެ.

ޓޯކިއޯގައި ބޭއްވި ''ރިކޮޝި ނޯ ރެއި'' ރަސްމިއްޔާތުގައި އެމްޕަރަރ ނަރުހީޓޯ ވަނީ މިކަން އިއުލާން ކުރައްވާފައެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަރުހިޓޯގެ ކޮއްކޯފުޅު ފުމިހިޓޯ ކްރައުން ޕްރިންސް ކަމަށް ކަނޑައެޅުއްވީ އެ މަނިކުފާނުގެ ފިރިހެން ދަރިކަލެއް ނެތުމުންނެވެ.

''ރިކޮޝި ނޯ ރެއި'' ރަސްމިއްޔާތުގައި ޝާހީ އައިލާތަކުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު، މެހެމާނުންގެ ގޮތުގައި 46 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު ކްރައުން ޕްރިންސްގެ މަގާމުގައި ހުންނެވި ނަރުހިޓޯ އެމްޕަރަރގެ މަގާމު ލިބިވަޑައިގެންނެވީ، ކުރިން އެ މަގާމުގައި ހުންނެވި އެމްޕަރަރ އެމެރީޓަސް އަކިހިޓޯ މިދިޔަ އަހަރުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު ދޫކޮށްލެވުމާއި ގުޅިގެންނެވެ. އަދި އޭގެ ފަހުން ކްރައުން ޕްރިންސްގެ މަގާމު ވަނީ ހުސްވެފައެވެ.

ނަރުހީޓޯއަށް ވުރެ ހަ އަހަރު ކުޑަ ކޮއްކޯފުޅު ޕްރިންސްގެ މަގާމަށް ކަނޑައެޅުމާއި ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރައްވާ އަންހެން ދަރިކަލުންނަށް ވެސް އެ މަގާމު ފުރުއްވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ.

''އަންޑަރ ދަ އިމްޕީރިއަލް ހައުސް ހޯލްޑް ލޯ'' އެކުލަވާލީ 1947 ވަނަ އަހަރުގެ ތެރޭގައެވެ. މި ގާނޫނުގައި ބުނެފައިވާ ގޮތުގައި އެމްޕަރަރގެ މަގާމަށް އަންހެނަކަށް ނާދެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
50%
50%
ކޮމެންޓް