ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 21:40
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން
ގެޓީ އިމޭޖަސް
އެމެރިކާގެ އިންތިހާބު
ޓްރަމްޕް ބަލި ކުރައްވާ އެމެރިކާގެ އިންތިޚާބީ ރައީސަކަށް ބައިޑެން!
 
ޓްރަމްޕް ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައި
 
އެ މަނިކުފާނަށް 284 އިލެކްޓޯރަލް ވޯޓު ވަނީ ލިބިވަޑައިގެންފައި
 
ބައިޑެން އަކީ އެމެރިކާގެ 46 ވަނަ ރައީސް

އެމެރިކާގެ އިންތިޚާބީ ރައީސަކީ ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑެންކަންް ކަށަވަރުވެއްޖެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދަވައި ބައިޑެން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެގޮތުން ބައިޑެންއަށް 284 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެސޯސިއޭޓަޑް ޕްރެސްގައި ރިޕޯޓް ކޮށްފައިވެއެވެ.

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި، ވޯޓުގެ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އިދިކޮޅުން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޓްރަމްޕް ވަނީ އަރލީ ވޯޓިންގ އަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މި ފަހަރު އިންތިޚާބުގައި ޙަޤީޤަތުގައި ކާމިޔާބު ލިބިވަޑައިގަތީ ޓްރަމްޕަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، މެއިލް އިން ވޯޓިންގ އަކީ ކޮރަޕްޓް ނިޒާމެއް ކަމަށާއި، މެއިލް އިން ވޯޓިންގ މެދުވެރިކޮށް ވޯޓުތައް އޮޅުވާލަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޓާރން އައުޓް 1900 ގެ ފަހުން އެންމެ ގިނަވީ މި އަހަރުގެ އިންތިޚާބުގައެވެ. އެގޮތުން މިހާތަނަށް ބައިޑެންއަށް 73 މިލިއަނަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާއިރު، މިއީ މިހާތަނަށް އެ ޤައުމުގެ ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓަކަށް މިހާ ގިނަ ވޯޓު ލިބިވަޑައިގެންނެވި ފަހަރު ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ވަނީ 70 މިލިއަން ވޯޓު ލިބިވަޑައިގެންފައެވެ. އަދި ޓްރަމްޕް ވަނީ އަމިއްލަފުޅަށް އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، ބައިޑެން އަލުން ވައިޓްހައުސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ބައިޑެން ވަނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވައިޓްހައުސްގައި 8 އަހަރު ހޭދަަ ކުރައްވާފައެވެ.

އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެން އަކީ އެމެރިކާގެ ރައީސަކަށް މިހާތަނަށް އިންތިޚާބުވެވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ރައީސްވެސް މެއެވެ. އަދި ހަމަ އެއާއެކު، އިންތިޚާބު ކާމިޔާބު ކުރައްވާފައިމިވަނީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސް ކަމަލާ ހެރިސްއަށްވެސް މަރުޙަބާ ދަންނަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް