ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 22:40
ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގެ އީގަރ މުސްލިމުންތަކެއް
ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގެ އީގަރ މުސްލިމުންތަކެއް
ގެޓީ އިމޭޖަސް
އުއިގަރ މުސްލިމުންގެ ހާލަތު
އެމެރިކާގެ އައު ރައީސް، އީގަރ މުސްލިމުންނަށް އިސްކަންދޭނެތޯ ސުވާލު އުފައްދައިފި
 
ޗައިނާއިން ވަނީ އީގަރ މުސްލިމުންނާއި ގުޅިގެން ކުރާ ތުހުމަތުތައް ދޮގުކޮށްފައި
 
އެމެރިކާއިން ދަނީ ޗައިނާ ސަރުކާރުން ޒިންޖިއާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަށް ފާޑުކިޔަމުން

އެމެރިކާގެ ރައިސް އަށް ކުރިޔަށް ހަތަރު އަހަރަށް ކޮންމެ ބޭފުޅަކު އިންތިހާބުވެވަޑައިގެންނެވި ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އެ ގައުމުގައި ޒިންޖިއާން ޕްރޮވިންސްގެ އީގަރ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ހައްްލެއް ގެނައުމުގެ އިތުރަށް މަސައްކަތް ކުރާނެ އެމެރިކާއިން ކަމުގެ އުއްމީދުކުރާ ކަމަށް އުއިގަރ މުސްލިމުންގެ ދިފާއުގައި ކެމްޕޭނުކުރާ ފަރާތްތަކުން ބުނެފިއެވެ.

އީގަރ މުސްލިމުންގެ އިންސާނީ ހައްގުތަކަށް ވަނީ ހުރަސް އަޅާފައި, ސަބަބަކީ އެ މީހުންގެ ބިން ހިސޯރުކޮށްފައިވާތީ, އޭގެ ސަބަބުން އެމީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ދަނީ އެ މީހުން އަޅުންގެ ގޮތުގައި ބޭނުންކުރަމުން. އެމެރިކާގެ ރައީސްއަކަށް ކޮންމެ ބޭފުޅަކު އިންތިހާބުވެވަޑައިގެންނެވިޔަސް، އަހަރުމެންގެ އުއްމީދަކީ އެ މީހުންނާ ދެކޮޅަށް ކުރަމުންދާ ކަންތައްތައް ހުއްޓުވަން މަސައްކަތްކޮށްދިނުން'' ބަޔާނުގައި ބުންޏެވެ.

އީގަރ މުސްލިމުންގެ ފަރާތުން މި ބަޔާން ނެރެފައި ވަނީ އެމެރިކާގެ ރައީސްއަކަށް އިންތިހާބުވެވަޑައިގެންނެވީ ކޮން ބޭފުޅެއްކަން އިއުލާން ކުރެއްވުމުގެ ކުރިންނެވެ. އެމެރިކާގެ ރަސްމީ އިންތިހާބުގެ ނަތިއްޖާ އިއުލާންކޮށްފައިނުވިޔަސް އިލެކްޓޯރަލް ވޯޓުން ކުރީގައި އުޅުއްވަނީ ކުރީގެ ނައިބް ރައީސްކަން ކުރެއްވި ޖޯ ބައިޑެންއެވެ.

އެމެރިކާއިން ދަނީ ޗައިނާ ސަރުކާރުން ޒިންޖިއާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަށް ފާޑުކިޔަމުންނެވެ. އދ. އިން އަންދާޒާކުރާ ގޮތުން ޒިންޖިއާންގެ މިލިއަނެއްހާ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. އެކަމަކު ޗައިނާއިން ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ. އަދި ބުނަނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހިންގަނީ ހަރުކަށިކަމާއި ދެކޮޅަށް ވޮކޭޝަނަލް ޓްރެއިނިންގތަކެއް ކަމަށެވެ.

އީގަރ މުސްލިމް އަންހެނުންގެ ބޮލުގެ އިސްތަށި ބާލުވައި އެ އިސްތަށިން ''ހެއާ ޕްރޮޑަކްޓްސް'' ހަދައި އެ ތަކެތި އެމެރިކާއަށް ވިއްކަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާގެ ކަސްޓަމުން ބުނީ، ޖޫން މަހު އިންސާނުންގެ ބޮލުގެ އިސްތަށި ބޭނުންކޮށްގެން ޗައިނާއިން އުފައްދާފައިވާ ''ހެއަރ ޕްރޮޑަކްސްޓްސް'' ތަކުގެ ޝިޕްމެންޓުތަކެއް އަތުލާގަނެފައިވާ ކަމަށެވެ.

ޖޫން މަހު އެމެރިކާގެ ސްޓޭޓް ސެކެޓްރީ މައިކް ޕޮމްޕިއޯ ވަނީ ޒިންޖިއާން މުސްލިމުންނަށް ދަރިން ލިބުމުން މަހުރޫމް ކުރުމުގެ ގޮތުން އެ މީހުންގެ އެބޯޝަން ހައްދާ ވާހަކަތަކަކީ ދަތި އަދި އެހާމެ ހައިރާންވާ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
25%
75%
0%
0%
ކޮމެންޓް