ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 07:54
ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން
ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން
އޭއެފްޕީ
އެމެރިކާގެ ރިޔާސީ އިންތިޚާބު
ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމާއި ކައިރިއަށް
 
ބައިޑަން އަށް ވަނީ އިލެކްޓޯރަލް ކޮލެޖްގެ 253 ވޯޓު ލިބިވަޑައިގަންނަވާފައި
 
ޓްރަމްޕް ގެންދަވަނީ ނަތީޖާ އާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކޯޓަށް ވަޑައިގަތުމަށް ތައްޔާރުވަމުން

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމާއި ކައިރިއަށް ޖެހިލައިފި އެވެ.

ބައިޑަން އާއި ޓްރަމްޕާ ދެމެދު އޮތް ފަރަގު ބޮޑުވެ ޓްރަމްޕަށް މިހާރު އިންތިޚާބު ކާމިޔާބުކުރެއްވުމަކީ ނާދިރު ކަމަކަށް ވަނީ ވެފައެވެ. އިންތިޚާބުގެ ނަތީޖާ ނެރުމުގައި މުހިންމު ރޯލެއް އަދާކުރާ ޕެންސިލްވޭނިއާ އަދި ޖޯޖިއާގެ އަޣްލަބިއްޔަތު ބައިޑަން އަށް ލިބިވަޑައި ގަންނަވާފައިވާއިރު އިންތިޚާބުގައި ދެން ވާދަކުރެއްވި ރިޕަބްލިކަންގެ ކެންޑިޑޭޓް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ނަތީޖާ އާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކޯޓަށް ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން 60 މިލިއަން ޑޮލަރު އެކަމަށް ހޭދަކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިންތިޚާބުގެ ނަތީޖާގެ ފަރަގު ބޮޑުވަމުންދިޔަ ނަމަވެސް ޓްރަމްޕް ގެންދަވަނީ ނަތީޖާ ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. ވޯޓު ގުނުމުގެ ކަންކަން ހަތަރު ވަނަ ދުވަހަކަށް ދާއިރު މިހާރު ބައިޑަން އަށް ވަނީ އިލެކްޓޯރަލް ކޮލެޖްގެ 253 ވޯޓު ލިބިވަޑައިގަންނަވާފައެވެ. ޓްރަމްޕަށް ލިބިވަޑައިގަންނަވާފައިވަނީ 214 ވޯޓުވެ.

ބައިޑަން އަށް ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވިއަސް އެހިސާބުން އިންތިޚާބު ކާމިޔާބުކުރެއްވޭނެ އެވެ. އެއީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 ވޯޓުގެ އިތުރަށްވެސް އޭރުން ލިބިވަޑައިގަންނަވާނެތީ އެވެ.

އެރިޒޯނާ އަދި ނެވަޑާގެ އެކަނި ވޯޓު ކާމިޔާބުކުރެއްވުނަސް ބަައިޑަންއަށް އިންތިޚާބު ކާމިޔާބުކުރެއްވޭނެ އެވެ. އެއީ އެ ދެތަނަކީ ޑިމޮކްރެޓިކްގެ ތަނެއް ކަމަށްވެފައި ޖޯރޖިއާ އަކީ ރިޕަބްލިކަންސްގެ ތަނެއް ކަމަށްވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕެންސަލްވޭނިއާގެ އަޣްލަބިއްޔަތު ބައިޑަން ހޯއްދަވާފައިވާއިރު އެތައް ސަތޭކަ ޑިމޮކްރަޓުންނެއް ވަނީ ހުރިހާ ވޯޓެއް ކައުންޓްކުރުމަށް ޖަހާފައިވާ ޓީޝާޓް ލައިގެން ވޯޓު ގުނަމުންދާ ސަރަހައްދުތަކުގެ ބޭރުގައި އެއްވާން ފަށާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ގެންދަނީ ވޯޓު ސަލާމަތްކުރުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
25%
0%
0%
25%
0%
50%
ކޮމެންޓް