ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 05:01
ޖަރމަނުގައި މީހުން މާސްކް އަޅައިގެން މަގުމަތީގައި
ޖަރމަނުގައި މީހުން މާސްކް އަޅައިގެން މަގުމަތީގައި
ގޫގުލް
ކޮވިޑް-19 ޖަރުމަނުވިލާތުގެ ހާލަތު
ޖަރުމަނުގައި ކޮވިޑް-19 މޮނިޓަރކުރުމަށް އުފެއްދި އެޕްލިކޭޝަން ދައްކާގޮތުން ކޭސްތައް އަދި މަދެއް ނުވޭ
 
މި އެޕް މެދުވެރިކޮށް ހުން އައިސްފައި ތިބޭ މީހުންގެ ކަރވް ދެނެގަނެވޭނެ
 
ޖަރުމަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިފަހުން ވަނީ ފިޔަވަޅުތައް އަޅާފައި

ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް އައިސްފައިވާ ޖަރުމަނުވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދެނެގަތުމަށް އުފައްދާފައިވާ ފިޓްނަސް ޓްރެކަރ އެޕް ދައްކާގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އަދި އެގައުމުގައި ކޭސްތައް ފެންނަ މިންވަރު ދަށެއްނުވެ އެވެ.

ޖަރުމަނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިފަހުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. ބައި މިލިއަން މީހުން ފިޓްނެސް އެޕް ބޭނުންކުރަމުންދާއިރު މި އެޕް މެދުވެރިކޮށް ހުން އައިސްފައި ތިބޭ މީހުންގެ ކަރވް ދެނެގަނެވޭނެ އެވެ. މިއެޕުން އެމީހުންގެ ވިންދު ފަދަ ކަންކަން ރިކޯޑްކުރެވޭނެ އެވެ. މީހާގެ ވިންދު ހުންނަގޮތުން އެމީހާގެ ހަށިގަނޑުގައި ހުން ހުންނަމިންވަރު ދެނެގަނެވޭނެ އެވެ. މިހުރިހާ ރީޑިންގތަކަށް ބެލުމަށްފަހު ޖަރމަނުގައި ވައިރަސް ފެތުރޭ ޓްރެންޑް ދެނެގަނެވޭނެ އެވެ.

މިއެޕުން ނިކުންނަ ނަތީޖާތައް ދިރާސާކުރަމުން އަންނަ ފަރާތްތަކުން ބުނަނީ ފާއިތުވި ހަފްތާގައި އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ތިއޭޓަރ ތައް ބަންދުކުރުމުގެ އެއްވެސް އަސަރެއް އަދި ފެންނަމުންނެއް ނުދެއެވެ. ކަރވް އަދި ދަނީ މައްޗަށް ކަމަށާއި ކަރވް ތިރިއަށްދާ ތަނެއް ނުފެންނަކަމަށް އެފަރާތްތަކުން ބުނެއެވެ.

ހުން އައިއްސަ ތިބޭ މީހުންގެ ކަރވް އިން އަދި ވައިރަސް ފެތުރޭ މިންވަރު ދެނެނުގެނެވޭނެ ކަމަށާއި އެހެންނަމަވެސް އޭގެ ސަބަބުންވެސް ވައިރަސް ފެތުރުމަށް އަންނަ ބަދަލުތައް ދެނެގަނެވޭނެކަމަށް މާހިރުން ދެކެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި