ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 23:21
ސޮހާ ހާން
ސޮހާ ހާން
ގޫގުލް
ސޮހާ ހާން
ސޮހާ ފުރަތަމަ ދަރިއަކަށް ބަނޑުބޮޑު
 
އަޑުތައް ފެތުރެން ފެށުމާއެކު ކުނާލް ވަނީ އެކަން ކަށަވަރު ކޮށްފަ

ސޮހާ އަލީ ޚާން ފުރަތަމަ ދަރިއަށް ބަނޑު ބޮޑުވެފައިވާ ކަމަށް އޭނާގެ ފިރިމީހާ ކުނާލް ކެމޫ ބުނެފިއެވެ.

އެދެމީހުންގެ އަލަތު ދަރިއެއް ލިބެން އުޅޭކަމަށް ބުނެ އަޑުތައް ފެތުރެން ފެށުމާއެކު ކުނާލް ވަނީ އެކަން ކަށަވަރު ކޮށްފައެވެ. ކުނާލް ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ސޮހާ ވިހާނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށާއި އެދެމަފިރިން ތިބީ ވަރަށް އުފަލުންކަމަށެވެ. ސޮހާއާއި ކުނާލް ކައިވެނި ކޮށްފައިވަނީ 2015 ގައެވެ.

ސޮހާ އާއި ކުނާލް ބައްދަލު ވެފައި ވަނީ 2009 ވަނަ އަހަރު ފިލްމު "ޑޫންޑްތޭ ރެހެޖާއޮގޭ" ޝޫޓް ކުރަން އުޅުމުގެ ތެރޭގައެވެ.

ގިނަ ދުވަސް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު، ކުނާލް ސޮހާގެ ކައިވެންޏަށް އަހާފައި ވަނީ 2014 ވަނަ އަހަރު ޕެރިސްގައެވެ.

ސޮހާގެ މަންމަ ޝަރްމީލާ ވަނީ މި ދެ ތަރިންނަށް މުމްބާއީ އިން ނުވަ ކްރޯޑް ރުޕީސްގެ އެޕާޓްމެންޓެއް ހަދިޔާ ކޮށްފައެވެ.

ސޮހާ އަކީ މަންޞޫރު ޢަލީ ޚާން ޕަޓޯޑީ އަދި ފިލްމީ ބަތަލާ ޝަރުމީލާ ޓޭގަރުގެ ދަރިއެކެވެ. 

ސޮހާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ކަލިޔުގް، ޖައި ވީރޫ، ގޯލްމާލް 3، ބާގް ޖޯނީ ހިމެނެއެވެ. ސޮހާ ވަނީ ކުޑަކުއްޖެއްގެ ރޯލުން ރާޖާ ހިންދުސްތާނީ އިން ފެނިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް