ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 20:24
ހިސާބު އަދަދު 42 - ރާއްޖޭގެ ސިޔާސީ މައިދާނުގައި މިދުވަސްވަރު އެންމެ ގިނައިން އިވޭ އަދަދު
ހިސާބު އަދަދު 42 - ރާއްޖޭގެ ސިޔާސީ މައިދާނުގައި މިދުވަސްވަރު އެންމެ ގިނައިން އިވޭ އަދަދު
ގޫގުލް
42
42 މިވީ ކޮންކަހަލަ އަދަދަކަށް؟
 
ޖަޕާނު މީހުން ބުނަނީ މިއަދަދު ރަމްޒުކޮށްދެނީ މަރު ކަމަށް
 
އެމްޑީޕީ އުފެދުނީ 42 ސޮޔާއެކު
 
މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅަން ޖެހެނީ 42 ސޮޔާއެކު

42 މިއީ ނުރައްކާތެރި އަދަދެއް ކަމަށާއި އެ އަދަދާ ގާތްވާ ވަރަކަށް ހައްޔަރުކުރާ މެމްބަރުން ގިނަވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުރު ދުވަހުގެ ރޭ މ. ކުނޫޒުގައި އޮތް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

މި އަދަދުގެ ވާހަކަ ގޮސް މި ގުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް މައްސަލައާ ހަމައަށެވެ. ކުއްލި ގޮތަކަށް މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ، 42 މެމްބަރުންގެ ސޮޔާއެކު ގައި ކަމަށް ރައީސް ޔާމީނަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންތަކެއްގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާ ފާސް ކުރުމުން އެތައް ބައެއްގެ ފާޑު ކިޔުން އެ އަދަދަށް އަމާޒުވިއެވެ.

ސާޅީސް ދެ މެމްބަރުންގެ ސޮއިގެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫފްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ 42 ސޮއި ހޯދަން މަޖުބޫރު ނުކުރެވޭނެ ކަމަށާއި، މިއީ ގާނޫނު އަސާސީއާ ޚިލާފު ބަދަލެއް ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން 15 މެމްބަރުންގެ ސޮޔާއެކު ހުށަހެޅެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވިދާޅުވީ ސާޅީސް ދޭކާ ގާތްވި ވަރަކަށް އަދި އެއަށް ވުރެ އިތުރުވާ ވަރަކަށް ހައްޔަރުކުރާ މެމްބަރުންނާއި އެކި ތަހުގީގުތަކާ ކުރިމަތިލާން ޖެހޭ މެމްބަރުން ގިނަވާ މަންޒަރު ފެންނަ ކަމަށެވެ. އާދައިގެ އަދަދެއް ނޫންތާއެވެ!

މި އަދަދުގެ ވާހަކަ ފާރިސް ދެއްކެވުމުގެ ކުރިން ކުނޫޒްގައި އޮތް ޖަލްސާއެއްގައި ގާސިމްވެސް ވަނީ އަދަދު ހަމަވެއްޖެ ކަމަށް ވިދާޅުވެ 42 އަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ކުއްލި ކުއްލިއަށް ހައްޔަރު ކުރުމާ މި އަދަދާ ގުޅުމެއްވާ ކަމަށްވެސް ބެލޭނެ ޖާގަ އެބައޮތެވެ.

މިކަންކަން މިހެން ހިނގަމުންދާއިރު، ގާސިމް ދެވަނަ ފަހަރަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި 42 ގެ ވާހަކަ އަތުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ހުށަހެޅީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށާއި، އޭގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

 

 

އެމްޑީޕީ އުފެދުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ބިންގާ ރާއްޖޭގައި އެޅުން ކަމަށް ދެކޭ ފަރާތްތައް ރާއްޖޭގައި ވަރަށް ގިނައެވެ.

އެމްޑީޕީ އެފެދުމުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް ގައުމަށް ބޮޑެތި އިސްލާހުތަކެއް އައެވެ.

ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ޑރ. މައުސޫމް އެކަން ފާހަގަ ކުރައްވާ ވިދާޅުވަނީ، ޑިމޮކްރަސީގެ ބިންގާ އެމްޑީޕީ އުފެދުނީ 42 ސޮޔާ އެކުގައި ކަމަށާއި، މި ޑިކްޓޭޓަރޝިޕް ނިމުމުގެ ފެށުން ވެސް އޮތީ 42 ސޮޔާއެކުގައި ކަމަށެވެ.

 

 

ޖަޕާނު މީހުން ގަބޫލު ކުރާ ގޮތުގައި 42 މިއީ ބަދު ނަސީބު ނަމްބަރެކެވެ. މި އަދަދު މާނަ ކުރެވެނީ މަރު ނުވަތަ ނިމުމުގެ ގޮތުގައެވެ. ސާޅީސް ދޭއްގައި ހިމެނޭ ދެ އަދަދު ކަމުގައިވާ ހަތަރެއް އަދި ދޭއް ވަކިން ޖަޕާނު ބަހުން ކިޔާއިރު އަޑު އަންނަނީ "ޝީ ނީ" މި ގޮތަށެވެ. ޝީނީ މި ބަހުގެ މާނައަކީ މަރެވެ. މިހެން މިކަން އޮންނަ ނަމަ ފާރިސް ވިދާޅުވި ގޮތުން މިއީ ހަގީގަތުގައިވެސް ނުރައްކާތެރި އަދަދެކެވެ.  ސުވާލަކީ ނުރައްކާ އޮތީ އަދަދު ސިޔާސީ މަސްރަހަށް ތައާރުފް ކުރި މީހުންނަށް ހެއްޔެވެ؟ ނުވަތަ އަދަދު ހަމަކުރަން މަސައްކަތް ކުރާ މީހުންނަށް ހެއްޔެވެ؟

ކޮންމެ އަކަސް 13 ގެ އަޑު ފަނޑުވެ، މިހާރު ދިވެހި ސިޔާސީ މަސްރަހުގައި އެންމެ ހިނގާ އަދި ގޮތްނޭގޭ އަދަދު ކަމުގައި ވެފައިވަނީ 42 އެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު