ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 14:53
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
ގެޓީ އިމޭޖަސް
އަގުއޭރޯއަށް އަނިޔާވުން
އަގުއޭރޯއަށް އަނިޔާވެ އަނެއްކާވެސް ކުޅުމާ ދުރަށް
 
އަގުއޭރޯ ވަނީ ގިނަވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައި
 
ވެސްޓް ހޭމް މެޗުގައި އަގުއޭރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް އަނިޔާވެ އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ހަތަރު މަސް ދުވަހަށް ފަހުން އަގުއޭރޯ ކުޅުމުގެ ތެރެއަށް އެނބުރި އައީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން ސިޓީ އެއްވަރުވި މެޗުގައި އަގުއޭރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާއާ ގުޅިގެން އެ މެޗުގެ ދެވަނަ ހާފު ސިޓީން ފަށާފައިވަނީ އަގުއޭރޯ ބަދަލުކުރުމަށްފަހުއެވެ.

މި އަނިޔާއާ ގުޅިގެން އަގުއޭރޯ ގިނަވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ބުނެފައެވެ. އެހެންކަމުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި އޮލިމްޕިކް މާސޭ އަތުން 3-0 ން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯ ކުޅެފައެއް ނުވެއެވެ. އަދި ޕްރިމިއާ ލީގުގައި އަންނަ މަހު ލިވަޕޫލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައިވެސް އަގުއޭރޯއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަގުއޭރޯގެ ފަލަމަސްގަނޑަށް މި ފަހަރު އަނިޔާވިއިރު، މީގެ ކުރިން އަގުއޭރޯގެ ކަކުލަށް އަނިޔާވީ މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފަަހަރު އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ގޮސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

އަގުއޭރޯ އަނިޔާގައި ހުރިއިރު، ޕްރިމިއާ ލީގުގައި ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް