ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 15:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު
ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
 
ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ
 
ރައީސް ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ
 
ސަލާމަތީ ސަބަބުތަކަށް ހަތަރު ސަރަޙައްދެއް ވަނީ ބަންދުކޮށްފަ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ޕޮމްޕެއޯ ވަޑައިގަތީ ބުދަ ދުވަހުގެ މެންދުރު 14:00 ގައެވެ. ޕޮމްޕެއޯއަށް މަރުޙަބާ ދެންނެވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ސަރުކާރާއި، މިނިސްޓްރީގެ އިސް އޮފިޝަލުން ވަޑައިގެންނެވިއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވަނީ

ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އަރިހަށް ކުރައްވާ ޒިޔާރަތަށް ފަހު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ އެކު ބާއްވަވާ ރަސްމީ މަޝްވަރާތަކަށެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށް ބުދަ ދުވަހުގެ 12:30ން ފެށިގެން ރަސްމިއްޔާތު ނިމެންދެން ހަތަރު ސަރަޙައްދެއް ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެއަރޕޯޓް މަގާއި، ސިނަމާލެ ބްރިޖް، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް އަދި ގްރީން ޒޯން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
40%
20%
20%
0%
0%
ކޮމެންޓް
ގުޅުންހުރި