ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 15:13
ރާއްޖޭގައި ހިންގާ ރިސޯޓެއް
ރާއްޖޭގައި ހިންގާ ރިސޯޓެއް
ޓްވިޓަރ
ދިވެހިރާއްޖޭގެ ފަތުރުވެރިކަން
ރާއްޖޭގެ މަގުބޫލުކަން އަންނަ އަހަރު ބޮޑުތަނުން އިތުރުވެގެން ދާނެ: ފޯބްސް
 
ރިސޯޓުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައި
 
ރާއްޖެ އޮތީ 14 ވަނާގައި
 
މަޝްހޫރު ބްރޭންޑް ތަކުގެ ރިސޯޓުތަކެއް އަންނަ އަހަރު ހުޅުވިގެންދާނެ

އަންނަ އަހަރު ރާއްޖޭގެ މަގްބޫލުކަން އިހުނަށްވުރެ ބޮޑަށް އިތުރުވެގެން ދާނެ ކަމަށް އެމެރިކާގެ ފޯބްސް މަޖައްލާއިން ބުނެފިއެވެ.

ފޯބްސްގެ ޓްރެވެލް އެކްސްޕާޓުން ވަނީ 2021 ވަނަ އަހަރު ދަތުރުކުރަން ނުވަތަ ޗުއްޓީ ހޭދަކުރަން ދާން އެންމެ ރަނގަޅު 20 ގައުމެއްގެ ލިސްޓެއް އެކުލަވާލާފައެވެ. ރާއްޖެ ހިމެނެނީ ލިސްޓުގެ 14 ވަނަގައިއެވެ.

އެ ލިސްޓުގައި ރާއްޖެ ހިމަނަމުން ޓްރެވެލް އެކްސްޕާޓް ޖޫލީ ޑެޒިންގާ ބުނާ ގޮތުން، އިހުނަށް ވުރެ ބޮޑަށް ރާއްޖޭގެ މަޝްހޫރުކަން އިތުރުވެގެން ދާނެ ކަމަށް ލަފާކުރީ، އަލަށް ހުޅުވޭ ރިސޯޓުތަކުގެ އިތުރުން ރިސޯޓަކުގެ އަގުތަކަށް ބެލުމަށް ފަހު ކަމަށެވެ.

އެއާއި އެކު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅައި ބައެއް ރިސޯޓުތަކުގައި ފަތުރުވެރިންގެ ހިލޭ ޕީސީއާރް ޓެސްޓު ހެދޭ ގޮތަށް ހަމަޖެހިފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

އޭގެ އިތުރުން ދާދި ފަހުން އިމިގްރޭޝަނުން ތައާރަފުކުރި ދުނިޔޭގެ ފުރަތަމަ ބޯޑަރ މައިލްސް ޕްރޮގްރާމް ވެސް ވަނީ ރާއްޖޭގެ މަގުބޫލުކަން އިތުރު ވާނެ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިން ވަނީ ސޭފް ޓްރެވަލް ސްޓޭމްޕް ވެސް ހޯދާފައެވެ.

އަންނަ އަހަރު އަލަށް ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ބްރެޒިލްގެ މަޝްހޫރު އާކިޓެކްޗަރުން ޑިޒައިން ކޮށްފައިވާ ޕަޓިނަ މޯލްޑިވްސް، ރިޒް ކާލްޓަންގެ ''އެކުޅިވަރު'' ރިސޯޓުގެ އިތުރުން، ކަނޑުއަޑީގެ ރެސްޓޯރެންޓަކާއި ފްލޯޓިން ސިނަމާއެއް ހިމެނޭ ގޮތަށް ހުޅުވާ ސެންތާރާ ގްރޭންޑް މުތާފުށީ ރިސޯޓް އެންޑް ސްޕާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް