ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 15:22
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
މަޖިލިސް
އޮޑިޓަރ ޖެނެރަލްގެ މާލީ ބަޔާން
އޮޑިޓަރ ޖެނެރަލްގެ މާލީ ބަޔާން ތައްޔާރު ކުރާނީ މެމްބަރުންގެ މާލީ ބަޔާނުގެ ނަމޫނާއަށް
 
މަޖިލިސް މެމްބަރުން މާލީ ބަޔާން ހުށައަޅަނީ އޭސީސީ އަދި ޓްރާންޕޭރެންސީ މޯލްޑިވްސްގެ ލަފާގެ މަތިން ތައްޔާރުކޮށްފައިވާ ނަމޫނާއަކަށް
 
މި ރިޕޯޓް ފާސްކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓުން

އޮޑިޓަރ ޖެނެރަލްގެ މާލީ ބަޔާން ތައްޔާރު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ތައްޔާރުކުރާ ނަމޫނާ އާ އެއްގޮތަށް ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ އޮޑިޓް ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލްގެ މާލީ ބަޔާން ހުށައަޅަން ޖެހޭ މާލީ ބަޔާނުގެ ނަމޫނާއެއް ތައްޔާރުކޮށް ދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށް ފަހު ނިންމާފައިވާ ގޮތެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުން މި ރިޕޯޓް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން އެގޮތަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާނުގެ ނަމޫނާ ތައްޔާރުކޮށްފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ލަފާގެ މަތިން ކަމަށް ވާތީ، އެއީ އޮޑިޓަރ ޖެނެރަލްގެ މާލީ ބަޔާން ހުށައަޅަން އެންމެ ރަނގަޅު ނަމޫނާ ކަމަށެވެ.

މީގެ އިތުުރުން ކޮމިޓީން ވަނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ތައްޔާރު ކުރުމުގައި މިހާރު އަމަލު ކުރަމުންދާ ނަމޫނާގައި މައްސަލަތައް ހުރިކަން ފާހަގަކޮށް މާލީ ބަޔާނުގެ ނަމޫނާ މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލާއި އެ މަސައްކަތް ހަވާލު ކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
29 އޮކްޓޯބަރ 2020 | ބުރާސްފަތި 07:51
ހިތަށްއަރާ
އެ މުއައްސަސާއެއްގެ މަސައްކަތް އެ މުއައްސަސާއަކަށް ދޫކޮށްލިއްޔާ ކީއްތޯވަނީ؟ ޤާނޫނުގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ގޮތުން ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވަންވަނީ އޮޑިޓަރޖެނެރަލަށް. އޭގެ ފޯމެޓާ މެދު ހިތްހަމަނުޖެހޭނަމަ ހިތްހަމަނުޖެހޭ ކަންކަން ފާހަގަކުރައްވާފައި އެންގެވުމުން ފޯމެޓަށް ބަދަލުގެނައުމުގެ މަސައްކަތް އޮޑިޓަރޖެނެރަލް ކުރައްވާ ގޮތަށް ދޫކޮށްލައްވައިފިއްޔާ ނުކުންނަ މައްސަލައަކީ ކޮބައިބާވަޔޭ ހިތަށްއަރާ.