ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާ

ސިދުރަތުﷲ ގެ މަރު: އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް!

  • ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވޭ
  • އެދުވަހު ރަސްފަންނު މޫދާ ދިމާލަށް ގޮސްފައިވަނީ 09:00 އާއި 10:00 އާ ދެމެދު
  • އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް ވަނީ ނިންމާފައި

ކ. މާލެ | 27 އޮކްޓޯބަރ 2020 | އަންގާރަ 17:55 | 17,424

ސިދުރަތުﷲ ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް އާންމުކޮށްފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް - ރާއްޖެއެމްވީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ. ފުލުހުން ބުނީ ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

އެހެންކަމުން، އެދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެފަރާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދިނުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން މިފަދަ ހާދިސާތަކާއި ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފައިވެއެވެ.

މި މިހާގެ މަރުގެ ތަހުގީގުކުރުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމާފައެވެ. އަދި އެ މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އެގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ހަށިގަނޑު ވަނީ މޯޗަރީގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.