ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:43
ކަރިޝްމާ ކަޕޫރު
ކަރިޝްމާ ކަޕޫރު
އަޒުމޫން އަހުމަދު
ކަރިޝްމާ ކަޕޫރު
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
 
ކަރިޝަމާއަކީ އުފާވެރި މަންމައެއް

ކަރިޝްމާ ދެން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް އޭނާގެ ބައްޕަ ރަންދިރު ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭއަށް ރަންދީރު ކަޕޫރު ދިން އިންޓަވިއުއެއްގައި ބުނީ ކަރިޝްމާ މިހާރު ހުރި ގޮތާ މެދު ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ ކައިވެނީގެ ވާޙަކަ ދައްކާފައިނުވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހެޔޮދުއާ އަބަދުވެސް ކަރިޝްމާއާ އެކީގައި ވާނެ ކަމަށެވެ. 

ރަންދީރު ކަޕޫރް މިހެން ބުނެފައި ވަނީ ކަރިޝްމާ އަނެއްކާ ވެސް ކައިވެނިކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ. 

ނަމަވެސް ރަންދީރް ކަޕޫރު ބުނީ ކަރިޝްމާ ކައިވެނި ކުރަން އުޅޭހެން ހީނުވާ ކަމަށެވެ. ރަންދީޕް ބުނީ އޭނާގެ ދަރިއަކީ ވަރަށް ރަނގަޅު މަންމައެއް ކަމަށާއި ކައިވެނި ކުރުމާ ދިމާލަށް ކަރިޝްމާގެ މިސްރާބު އަދި ނެތް ކަމަށެވެ.

ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަނީ އޭނާ އެތަކެއް އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ޕްރިޔާއާ މިމަހުގެ ތެރޭގައި ކައިވެނިކޮށްފައެވެ. ސަންޖޭ ކައިވެނި ކުރިތާ ހަފްތާއެއް ނުވަނީސް ކަރިޝްމާ ވެސް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ކަރިޝްމާ ކައިވެނި ކުރަން އުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވިޔަފާރި ވެރިއެއް ކަމަށްވާ ސަންދީޕް ތޮޝްނިވާލްއާއެވެ. ދާދިފަހުން ސަންދީޕްގެ އަންހެނުން އަޝްރިތާއާ ދެމެދު މައްސަލަތައް ޖެހި ދެމީހުން ވަރިވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަރިޝްމާ ކަޕޫރަކީ 90 އިގެ އަހަރުތަކުގައި ވިދާލި ތަރިއެކެވެ. ކަރިޝްމާ އާއި ސަންދީޕްގެ ކައިވެނީގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެދެމީހުން ކުރެ އެއްވެސް މީހަކު އެކަމާ މެދު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަރިޝްމާގެ އާއިލަޢިން ބާއްވާ ހަފްލާތަކުގައި ސަންދީޕް ވަރަށް ގިނައިން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަންޖޭއާ ކައިވެނި ކުރުމުގެ ކުރިން ކަރިޝްމާ ވަނީ އަބީޝެކް ބައްޗަންއާ އެކު އެންގޭޖް ވެސް ވެފައެވެ. އެހެން ނަމަވެސް އެންގޭޖްމެންޓް ރޫޅުނީ އަބީޝެކްގެ އާއިލާ ނުރުހުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް