ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:28
ޝާހު ރުކް
ޝާހު ރުކް
ގޫގުލް
ޝާހު ރުކް ޚާން
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
 
އަންހެނުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއްކަމަށް ގަބޫލުކުރަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތުގައި އަންހެން ޑައިރެކްޓަރުންނާއެކީ އޭނާއަށް މަސައްކަތް ކުރެވިފައިވަނީ ވަރަށް މަދުންނެވެ. އޭނާ މަސައްކަތް ކޮށްފައިވާ ފިލްމުތަކުން އަންހެން ޑައިރެކްޓަރުންގެ ތެރިން ފަރާ ހާން އަދި ގޯރީ ޝިންދޭ ހިމެނެއެވެ.

ޝާހު ބުނީ ފިލްމު ޑައިރެކްޓް ކުރާ އަންހެނުންނަކީ އޭނާ އެފިލްމެއްގައި އެކްޓުކުރުމަށް ފަސޭހަވެގެންދާކަމެއް ކަމަށެވެ. އެގޮތުން ފަރާ ޚާންއަކީ އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން އެންމެ ފުރަތަމަ އަންހެން ޑައިރެކްޓަރެވެ.   ފަރާ ޑައިރެކްޓް ކޮށްފައިވާ ފިލްމު ތަކުގެ ތެރެއިން "މޭ ހޫނާ"، "އޯމް ޝާންތިއޯމް" އަދި "ހެޕީ ނިއު އިޔާ" ގައި ޝާހުވަނީ އެކްޓްކޮށްފައެވެ. އަދި ގޯރީ ޝިންދޭގެ ފިލްމު "ޑިއާ ޒިންދަގީ" ގައި ޝާހުވަނީ އެކްޓުކޮށްފައެވެ.

"އަހަންނަށް މިހާތަނަށް މަސައްކަތް ކުރެވިފައިވަނީ ވަރަށް މަދު އަންހެން ޑައިރެކްޓަރުންނާއި އެކީގައި. އެހެން ނަމަވެސް އެމީހުންނާއި އެކީގައި މަސައްކަތް ކުރުމަކީ އަހަރެންގެ އެކްޓިން ކެރިއާގައި އާ ކަންތައްތަކެއް ދަސްވާ ކަމެއް." ޝާހުރުކް ބުންޏެވެ.

ޝާހު ބުނީ އޭނާއަށް ދެ އަންހެން ޑައިރެކްޓަރުންނާއެކީގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަންހެނުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށް ގަބޫލުކުރާކަމަށާއި އަންހެނުންނާއި އެކީގައި މަސައްކަތް ކުރުމަކީ އޭނާއަށް މަސައްކަތް ކުރަން ފަސޭހަވެގެންދާކަމެއް ކަމަށެވެ. ފިރިހެނަކަށް ވީތީ ނޭނގޭ ބައިވަރު ކަންތައްތައް އެނގި އިތުރަށް ކުރިއެރުމަށް ފަސޭހަ ކަމަށް ޝާހު ބުންޏެވެ. ޝާހު ބުނީ ފަރާއާއި ގޯރީއަކީ ވަރަށް ތަފާތު ދެ ޑައިރެކްޓަރުންކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް