އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް އައިސީޔޫގައި

މަޖިލީހުގައި އިންނަވަނިކޮށް ހާލުކޮޅު ގޯސްވެ، އެމްޕީ ޝިޔާމް ހޮސްޕިޓަލަށް

  • އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި
  • މިކަމާ ގުޅޭގޮތުން އޭނާ ނިސްބަތްވާ ޕީޕީއެމްގެ ބަހެއް އަދި ލިބިފައެއް ނުވޭ

ކ. މާލެ | 27 އޮކްޓޯބަރ 2020 | އަންގާރަ 10:17 | 16,649

ޝިޔާމްގެ ހާލުކޮޅު ގޯސްވެފައިވަނީ އޭނާ މަޖިލީހުގައި އިންނަވަނިކޮށް - ރާއްޖެއެމްވީ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޝިޔާމް މަޖިލީހުގެ ތަޅުމަށްވެސް ވަޑައިގެންނެވި އެވެ. ނަމަވެސް ޝިޔާމްގެ ހާލުކޮޅު ގޯސްވެފައިވަނީ އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެން ގޯތިތެރޭގައި ހުންނަވަނިކޮށެ އެވެ. އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޝިޔާމްގެ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ތިން މެންބަރަކު ޝިޔާމް މަޖިލީހުން ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ.

އޭނާ ނިސްބަތްވާ ޕީޕީއެމް އިން ބުނީ ޝިޔާމަށް ދިމާވި މައްސަލައިގެ ތަފްސީލް އަދި ނުލިބޭ ކަމަށާއި މިހާރު ހަދަން ޖެހޭ ޓެސްޓުތައް ހަދަމުން ދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.