އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
ރާއްޖެއިން އަލަށް ފެނުނު މެންގްރޫވް

"ކެލަވަކި" މެންގުރޫވް އަކީ އައު މެންގުރޫވެއް ނޫން، ވަކި ރަށަކަށް ނިސްބަތްކޮށް ނަންދިނުމަކީ ކެނދިކުޅުދޫ ޒުވާނުންގެ ކަންބޮޑުވުމެއް

  • ކެނދިކުޅުދޫގައި ކެލަވަކި މެންގްރޫވް މަދު ނޫން އަދަދަކަށް އެބަހުރި
  • މި މެންގްރޫވްއަށް "ކެލަވަކި" ނަން ދިނުމަކީ ކެނދިކުޅުދޫ ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް
  • އެ ރަށުގައި އިކޯ ޓުއަރިޒަމް ކުރިއަރުވަން އަންނަނީ މަސައްކަތްތަކެއް ކުރަމުން

ކ. މާލެ | 27 އޮކްޓޯބަރ 2020 | އަންގާރަ 11:44 | 16,069

ރާއްޖެއިން އަލަށް ފެނުނު ކަމަށް ބުނި މެންގްރޫވް، މި މެންގްރޫވް އަށް ވަނީ "ކެލަވަކި" ނަމުން ނަން ދީފައި - ނޫނު ޑެއިލީ

ހއ. ކެލާގެ ކަނޑޫފާ ސަރަހައްދުން ފެނުނު ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ގަސްތަކަކީ، ނ. އަތޮޅު ކެނދިކުޅުދޫއަށް އައު ބާވަތެއް ނޫން ކަމަށާއި، އެ ބާވަތުގެ މެންގްރޫވް އަކީ އެ ރަށު ކަނޑޫފަލުގައި އަބަދު ވެސް ހުންނަ ގަސްތަކެއް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވިއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ އެ ރަށުގައި އެ ބާވަތުގެ މެންގްރޫވް މަދު ނޫން އަދަދަކަށް ހުރި ކަމަށާއި، ކެލާއަށް ނިސްބަތްކޮށް ދިވެހި ބަހުގެ އެކަޑަމީއިން މެންގްރޫވްއަށް "ކެލަވަކި" ނަން ދިނުމަކީ ކެނދިކުޅުދޫ ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކެނދިކުޅުދޫއަކީ ކަނޑޫފަލާއި ޗަކަބިން ގިނަ ރަށެކެވެ. އަދި އެ ރަށުގެ ޒުވާނުން އަންނަނީ ކަނޑޫފާ ފަދަ ތަންތަން އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރި ކަމާއިއެކު ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނީ މި ބާވަތުގެ މެންގްރޫވް ރާއްޖެއިން ފެނިފައި ވަނީ މި އަހަރުގެ މާޗު މަހު ކެލާ ކަނޑޫފާ ސަރަހައްދުގައި އެ މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭގައި ކަމަށެވެ.

ކެނދިކުޅުދޫ ރައްޔިތުން އަންނަނީ އެ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފައެވެ. އެރަށު ރައްޔިތަކު ސޯޝަލް މީޑިއާގައި ބުނީ މިއީ ތާރީހު އޮޅުވައިލުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

ކެނދިކުޅުދޫ ކައުންސިލާއި، އެރަށުގެ ޒުވާނުން އަދި އެންވަޔަރަމަންޓް މިނިސްޓްރީއިން ގުޅިގެން އެ ރަށުގައި އިކޯ ޓުއަރިޒަމް ކުރިއަރުވަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ރަށުގައި ހުރި ކުޅިތައް ސާފުކޮށް ފާލަންތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.