ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 17:12
ދިއްފުށިން ދިޔަ މީހުން ރަށަށް އެރިޔަނުދީ މާޅޮހު ރައްޔިތުން ވަނީ ހުރަސްް އަޅާފައި
ދިއްފުށިން ދިޔަ މީހުން ރަށަށް އެރިޔަނުދީ މާޅޮހު ރައްޔިތުން ވަނީ ހުރަސްް އަޅާފައި
ރާއްޖެއެމްވީ
މާޅޮހުގައި ހަމަނުޖެހުން
ދަރިން ބަލައި ބައްޕައަކު މާޅޮހަށް ދިޔުމުން ރަށަށް އެރިޔަ ނުދިން!
 
ދަރިންގެ މަންމައަކަށް އަންގާފައެއް ނުވޭ
 
ފުލުހުން ދަނީ ރަށުގައި ހަރަކާތްތެރިވަމުން
 
ރަށަށް ދިޔައީ ރަށުގައި ތިބި އޭނާގެ ތިން އަންހެން ދަރިން ބަލައި

ކޯޓު އަމުރެއް ހިފައިގެން ކ. ދިއްފުށިން، އއ. މާޅޮހުގައި ތިބި ތިން ދަރިން ބަލައި އެ ރަށަށް ދިޔަ ބައްޕައަކު މާޅޮހަށް އެރިޔަ ނުދީ ހުރަސް އަޅައިފިއެވެ.

ނަން ހާމަ ނުކުރަން ޝަރުތު ކޮށް ''ރާއްޖެއެމްވީ'' އާ ވާހަކަ ދެއްކި މާޅޮހު މީހަކު ބުނީ، ދިއްފުށިން ހަތް މީހުން ގޮވައިގެން އެ ފިރިހެން މީހާ އެ ރަށަށް ދިޔައީ ރަށުގައި ތިބި އޭނާގެ ތިން އަންހެން ދަރިން ބަލާ ކަމަށެވެ.

އެ ކުދިންގެ ބައްޕަގެ އަތުގައި ކޯޓު އަމުރު އޮތް ކަމުގައިވިޔަސް އެކަން މާޅޮހުގައި ހުރި އޭނާގެ ކުރީގެ އަންހެނުން އަދި ދަރިންގެ މަންމައަށް އަންގާފައިނުވާ ކަަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

''އެ ދަރިންގެ މަންމަ އަށް އެނގުނީ ދިއްފުށި މީހަކު ގުޅިމާ. އެ ރަށުން ގުޅި މީހަކު ބުނީ، ދަރިން ބަލާ އެ މީހާ އަންނަ ކަމަށް''އެ މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއީ 7 އަހަރުގެ ކުއްޖަކާއި، 5 އަހަރުގެ ކުއްޖެއްގެ އިތުރުން 3 އަހަރުގެ ކުއްޖެއް ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ، އެ ކުދިންގެ ބައްޕަ ރަށަށް އަރަން އުޅުމުން ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ ހުރަސް އަޅާފައިވާ ކަމަށެވެ. ހޯމަ ދުވަހު މެންދުރު ދެއަކުން ފެށިގެން ދިއްފުށިން ދިޔަ މީހުން ވަނީ ރަށަށް އަރަން މަސައްކަތް ކޮށްފައެވެ.

މީހުން އެއްވެ އެކަމާއި ދެކޮޅަށް އަޑު އުފުލައި ހަމަނުޖެހުން ހިންގަފާނެތީ ފުލުހުންގެ ޓީމެއް ވެސް ވަނީ މާޅޮހަށް ގޮސްފައެވެ. އަދި މަހިބަދޫއިން ވެސް ފުލުހުންގެ ޓީމެއް އެ ރަށަށް މިސްރާބު ޖަހާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ބުނީ، ދަރިންގެ ބައްޕަ އެ ރަށަށް އަރަން ރައްޔިތުން ހުރަސް އަޅައި ދަރިން ގެންދަން އިންކާރު ކުރަނީ، ޖެންޑާގެ ހާޒީރުގައި ވަކި ގޮތެއް ނިންމަން ބޭނުން ވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނުވަތަ ޖެންޑާއިން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
14%
38%
18%
5%
5%
ކޮމެންޓް
27 އޮކްޓޯބަރ 2020 | އަންގާރަ 11:57
ކަންވީގޮތް ބެލުން ބުއްދިވެރި! އަންހެނުންގެ ގޮތެއް ކިޔަން ނޭނގޭނެ!
27 އޮކްޓޯބަރ 2020 | އަންގާރަ 08:07
ކަރަންކާ
ތަކުރު ލިޔެފައިން އެއްޗެއް ރަަގަޅަށް ކިޔާބަލަ އެއީ އއ.މާޅޮސް
27 އޮކްޓޯބަރ 2020 | އަންގާރަ 07:04
ހަބަރު ލިޔާ އިރު ކޮން މާޅޮހެއްކަން ލިޔެލާނަމަ ރަނގަޅުވީސް..
26 އޮކްޓޯބަރ 2020 | ހޯމަ 21:42
ދިއްފުށި މީހާ
ދަރިންގެ މަންމަ ފަހަރަކު ފިރިހެނަކާއި ހިތާވެގެން ކޮޓަރިއަށް ވައްދަންޏާ ވާނީ ހަމަ އެހެން 🙄
26 އޮކްޓޯބަރ 2020 | ހޯމަ 18:42
ޢަލީ
މާޅޮހ ހުރައްޔިތުން ބެލީ ބަޔަކަށް އަނިޔާނުވެ މިކަން ނިންމާލެވޭތޯ. އާއިލާ މީ ހުންތިބީ ވ. ރުޅިގަދަވެފަ.
26 އޮކްޓޯބަރ 2020 | ހޯމަ 18:33
ބަކުރު
މިހާރުބައްޕައާއިމައްމަގެބާރެއްނޯވޭ.ހުރިހާބެލެނިވެރިފަރާތަކީޖެންޑާ
26 އޮކްޓޯބަރ 2020 | ހޯމަ 18:03
ތިން އަންހެން ދަރިން، އަދި އެހާ ކުޑަކުޑަ ތިން ކުދިން ތިބެން އެންމެ ރަނގަޅީ މަންމަ ކައިރީގައެއްނު؟ ކޯޓަށް ކިހާ ލާރިއެއް ދައްކައިގެން ބައްލަވައިގެން އުޅުއްވާ ހުކުމެއްތޯ. ވަރަށް ސަދޫމް ހުކުމެއް
26 އޮކްޓޯބަރ 2020 | ހޯމަ 17:29
ތަކުރު
ބ.މާޅޮސް ހެން ހާދަ ހީނުވޭ..