ކ. މާލެ
|
25 އޮކްޓޯބަރ 2020 | އާދީއްތަ 22:57
ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު
ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު
ޓްވިޓަރ
މަސްވެރިޔަކު މަރުވުން
ޒިޔާދާގެ ކުރީގެ ފިރިމީހާ މަހަށް ނުކުމެ އުޅެނި ކޮށް މަރުވެއްޖެ
 
މައުލޫމާތު ލިބިފައިވާ ގޮތުން ޝާހު މަރުވީ އޭނާގެ މޭ މަތީގައި މަހަކުން ޖެހި ލިބުނު އަނިޔާގައި
 
ގއ. ހޮސްޕިޓަލުން ވަނީ މިކަން ކަށަވަރުކޮށްދީފަ

ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހަށް ނުކުމެ އުޅެނިކޮށް މަރުވެފައި ވަނީ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުއެވެ.

ގއ. ހޮސްޕިޓަލުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެ ހޮސްޕިޓަލުން ބުނީ މަހަށް ނުކުމެ އުޅުނު މީހެއް ނިޔާވެފައި އޮއްވާ އެ ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޝާހު މަރުވީ އޭނާގެ މޭ މަތީގައި މަހަކުން ޖެހި ލިބުނު އަނިޔާގައެވެ.

ޝާހުއަކީ، ޖިންސީ އަނިޔާތަކާއި ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ޒިޔާދާ ނައީމުގެ ކުރީގެ ފިރިމީހާއެވެ.

މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ ތިން އަހަރުގެ ހުކުމެއް އިއްވާފައެވެ. ނަމަވެސް އޭނާ މިނިވަން ވެފައިވަނީ ޝަރީއަށް ނިމެންދެން ބަންދުގައި ހުރިއިރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައި ވުމުން އެ ދުވަސްތައް އުނި ކުރުމުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
50%
17%
17%
0%
0%
ކޮމެންޓް
26 އޮކްޓޯބަރ 2020 | ހޯމަ 01:32
ވަކި ފިކުރަށް ނުފެތޭ މީހެއް ވެއްޖޖެއްޔާ ތިމީހުން ވ ފޯރި ހުންނާނެ ހިތުހުރިހާ އިލްޒާމެއް ބޮލުގަ އަޅުވާލަން. ދެމަފިރިން ދޭތެރޭގަ ޖެހޭ މައްސަލަ ތަކަކީ އެދެމީހުންގެ ހާޒިރުގަ އެއްވެސް ހެކިވެރިޔަކު ނެތި ޖެހޭ މައްސަލަތަކެއް ގިނަ ފަހަރަށް ގިނަފަހަރަށް އަނބިމީހާ ވަގު ބިޓުން ވައްދަފާނެ ފިރިމީހާ މަހައް ދިޔާއިމަ. އެކަހަލަ ބޮޑެތި ފާފަތަކުގެ ސަބަބުން ވެސް ބަލި ޖެހިދާނެ. ފަރުލު 5 ނަމާދު ނުކުރާ ގާޒީންނާ އިންޑިއާގެ ގޮނޑި ކޮއްކޮ މަޖިލީހަކުން ކުރާ ހުކުމް ގަބޫލުކުރޭ ތިމީހުން. އިންޑިއާގެ ބުޑިސްޓުންގެ އަވާގެ ޖެހިފަ ތިބޭ ބަޔަކު ކަމުގެ 2 ކޮޅު ނުބަލާނެ ރަނގަޅު މުސްލިމަކަށް ދެރައެއް ދޭން ވެއްޖެނަމަ. މި މައްސަލައިގަ ވެސް އެސް އެމް އެސް ހެއްކަކަށް ބަލާފަ އޮތީ ފޯން ނުވަތަ ސިމް ކްލޯން ކޮއްގެން ވެސް މެސެޖް ކުރެވޭ. ފިރިމީހާ އަށް ކެހިދޭން ފިރިމީހާގެ ފޯނު އަތުލައިގެން ވެސް މެސެޖް ކޮއްފާނެ. ސްކްރީން ޝޮޓްތައް އަސްލާ އެއްގޮތައް އެޑިޓް ކުރެވޭ އޯޑިއޯ އާ ވީޑިއޯ ކަސޯޓީ ފެންވަރަށް އެކްޓް ކޮށް ހަދާލެވޭ. އިސްލާމް ދީނުގަ އޮންނަނީ ލޮލައް ފެނުނު 2 ފިރިހެން ނޫނީ 4 އަންހެން ހެކިވެރިން ހާޒިރު ކުރުމަށް.