ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރ

ރާއްޖެ ހިމެނޭ ގޮތަށް މިސަރަހައްދުގެ ބައެއް ގައުމުތަކަށް އެމެރިކާގެ ޚާރިޖީ ވަޒީރު ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި

  • ރާއްޖެއާއި އިންޑިޔާ، ސްރީލަންކާ އަދި އިންޑޮނޭޝިޔާއަށް މިދަތުރުފުޅުގައި ވަޑައިގަންނަވާނެ
  • ޕޮމްޕެއޯ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ

ކ. މާލެ | 25 އޮކްޓޯބަރ 2020 | އާދީއްތަ 22:20 | 4,984

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ - ޓްވިޓަރ

ރާއްޖެއާއި އިންޑިޔާ، ސްރީލަންކާ އަދި އިންޑޮނޭޝިޔާއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި އެވެ.

ފުރާވަޑައިގަންނަވަމުން ޕޮމްޕެއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑޯޕެސިފިކް ގައުމުތަކުގެ ކުރިއެރުމާއި ގުޅޭގޮތުން ގައުމުތަކާއެކު ވާހަކަދެކެވޭނެ ކަމަށެވެ.

ޕޮމްޕެއޯ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.