ކ. މާލެ
|
25 އޮކްޓޯބަރ 2020 | އާދީއްތަ 09:15
ނޭހާ ކައްކަރާއި ފިރިމީހާ ރޯހަންޕްރީތް ސިންގް
ނޭހާ ކައްކަރާއި ފިރިމީހާ ރޯހަންޕްރީތް ސިންގް
ހިންދުސްތާނީ ޓައިމްސް
ނޭހާ ކައްކަރުގެ ކައިވެނި
މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ކައިވެނިކޮށްފި
 
މިދެމީހުންގެ ގުޅުން އިއުލާން ކުރީ މިމަހުގެ 9 ގައި
 
ކައިވެނީގެ ބޮޑު ހަފްލާއެއް ފަހުން ބޭއްވުމަށް ވަނީ ހަމަޖެހިފައި
 
މި ޖޯޑު ކައިވެނިކުރީ ހޮނިހިރު ދުވަހު

ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލަވަކިޔުންތެރިޔާ ރޯހަންޕްރީތް ސިންގް ކަައިވެނިކޮށްފިއެވެ.

މިޖޯޑު ކައިވެނި ކޮށްފައި ވަނީ ހޮނިހިރު ދުވަހު ދިއްލީގައެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައި ވަނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންނަށް އެކަންޏެވެ.

މި ދެމަފިރިންގެ ކައިވެނީގެ ބޮޑު ހަފްލާއެއް ޕަންޖާބުގައި ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ނޭހާ ވަނީ އޭނާގެ ކައިވެންޏަށް ތައްޔާރު ވުމަށްޓަކައި ބޭއްވި ހަލްދީ ހަފްލާއާއި އަދިވެސް އެކިއެކި ހަފްލާތަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

ނޭހާ އާއި ރޯހަންޕްރީތްގެ ގުޅުން ނޭހާ އިއުލާން ކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯއަކާއި އެކުގައެވެ.

ނޭހާ ވަނީ ފޮޓޯގެ ކެޕްޝަންގައި "ޔޫ އާރ މައިން" ޖެހުމަށް ފަހު ރޯހަންޕްރީތް ޓެގް ކޮށްފައެވެ. ރޯހަންޕްރީތް ވެސް ވަނީ ހަަމަ އެ ފޮޓޯ ހިއްސާ ކޮށް ނޭހާ ޓެގް ކުރުމަށް ފަހު ކެޕްޝަންގައި "މީޓް މައި ޒިންދަގީ" ލިޔެފައެވެ. އޭގެ ފަހުން ދެމީހުން ވެސް ދަނީ އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެދެ މީހުންގެ ރޯކާ ސެރެމަނީގެ ވީޑިއޯއަށް ވެސް ގިނަބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
0%
13%
25%
13%
38%
ކޮމެންޓް