ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 18:29
ވެސްޓް ހޭމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ވެސްޓް ހޭމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވެސްޓް ހޭމާއި ސިޓީގެ ކުރިމަތިލުން އެއްވަރު
 
ވެސްޓް ހޭމާއި ސިޓީއަށްވެސް ވަނީ އަށް ޕޮއިންޓް ލިބިފައި
 
ވެސްޓް ހޭމާއި ސިޓީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.

ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ސިޓީން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މި ހާފުގައި އެ ޓީމަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވެސްޓް ހޭމުން ވަނީ ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި ލީޑު ނަގާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލަޑިމިއާ ކޫފަލް ނަގައިދިން ހުރަހަކުން މި ލަނޑު ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މިކޭލް އެންޓޯނިއޯއެވެ.

ފުރަތަމަ ހާފު ވެސްޓް ހޭމް ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގެ ދެވަނަ ހާފު ސިޓީން ފެށީ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯގެ ބަދަލުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއާއެކުއެވެ. އެއާއެކު މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ފޯޑެން ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޔާއޯ ކަންސެލޯ ހުރަސްކޮށްދިން ބޯޅައަކުންނެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މެޗުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންނަށެވެ. އެކަމަކު ހުހަށްހުރެ ސްޓާލިން ފޮނުވާލި ބޯޅަ ވެސްޓް ހޭމުގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ތިން މިނެޓު ފަހުންވެސް ސްޓާލިންނަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗު އެއްވަރުވުމުން ތާވަލުގެ 10 ވަނައިގައި އޮތް ވެސްޓް ހޭމާއި، 11 ވަނައިގައި އޮތް ސިޓީއަށްވެސް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ވެސްޓް ހޭމް މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، ސިޓީ ކުޅެފައިވަނީ ފަސް މެޗެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް