ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 14:06
"ހާފް ގާލްފްރެންޑް" ގެ ޕޯސްޓަރެއް
"ހާފް ގާލްފްރެންޑް" ގެ ޕޯސްޓަރެއް
ފޭސްބުކް
ހާފް ގާލްފްރެންޑް
"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ
 
ގިނަ ސިނަމާތަކުގައި އަޅުވަން ނިންމީ ގިނަ އޯޑިއެންސަށް ދައްކަން
 
މި ފިލްމު ރިލީޒް ކުރާނީ މޭ 19 ގައި

މޭމަހުގެ 19 ވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ ޝްރައްދާ ކަޕޫރާއި އަރުޖުން ކަޕޫރުގެ "ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

އެންއެޗް ސްޓޫޑިއޯސްގެ މެނޭޖިން ޑިރެކްޓަރ ޝްރެޔަންސް ހިރާވަތު ބުނީ އެހާ ގިނަ ސިނަމާތަކުގައި ފިލްމު އަޅުވަން ނިންމީ ފިލްމު ކާމިޔާބު ވާނީ ގިނަ އޯޑިއެންސަށް ފިލްމު ދައްކައިގެން ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. ދާދި ފަހުން ސިނަމާތަކަށް އައި "ބޭގަމް ޖާން" އަކީ ވަރުގަދަ މޮޅު ފިލްމަކަށް ވީނަމަވެސް ގިނަ ސިނަމާތަކުގައި ފިލްމް ނޭޅުވުމުން އޭގެ ނޭދެވޭ ނަތީޖާ ފެނުނު ކަމަށެވެ. "ބޭގަމް ޖާން" އަޅުވާފައި ވަނީ 956 ސިނަމާގައެވެ.

"ފިލްމު ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި ފިލްމު އެބަޖެހޭ ގިނަ އޯޑިއެންސަށް ދައްކަން. ފަހުން ނިކުތް ބޭގަމް ޖާންގެ ކޮންޓެންޓަކީ ވަރށް ވަރުގަދަ އަދި ތަފާތު ކޮންޓެންޓެއް. އެ ފިލްމު އަޅުވާފައިވަނީ 956 ސްކްރީނެއްގައި. އެފިލްމު ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކާ އެބަޖެހޭ ހަރުދަނާ އޯޑިއެންސެއްގައި އަޅުވަން،" ހިރާވަތު ބުންޏެވެ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އެވާހަކައިގައި ފަގީރު ފިރިހެން ކުއްޖަކަށް މުއްސަނދި އަންހެން ކުއްޖަކުދެކެ ލޯބިވެގެން ކަންތައްތަކެއް ހިނގައެވެ. އެ ދެމީހުންގެ ލޯބި ފެށިގެން ދަނީ އެދެމީހުންގެ މެދުގައި ބާސްކެޓު ކުޅުމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

އެދެމީހުން އެއްކޮށް ކޮލެޖުން ފެންނަލެއް ގިނަކަމުން އެކުވެރިން ދިމާ ކުރަން ފެށުމުން އެދެމީހުންގެ މެދުގައި އޮންނަނީ "ހާފް ގާލްފްރެންޑު"ގެ ގުޅުން ކަމަށް އަންހެން ކުއްޖާ ބުނެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައިވާ ޗޭތަނއަކީ ކާމިޔާބު ފިލްމެއް ކަމަށްވާ ފިލްމު "ތްރީ އިޑިއެޓްސް" ވެސް ލިޔުނު ލިޔުންތެރިއާއެވެ. "ހާފް ގާލްފްރެންޑް" ޑައިރެކްޓްކޮށްފައިވަނީ މޯހިތު ސުރީއެވެ.

މޯހިތު ބުނީ "ހާފް ގާލްފްރެންޑް"ގެ ކޮންސެޕްޓަކީ ތަފާތު ކޮންސެޕްޓެއް ކަމަށާއި އޭނާ ބޭނުންވަނީ ދުނިޔޭގައި ތަފާތު ވައްތަރުގެ މީހުން އުޅޭކަން އޯޑިއެންސަށް ގަބޫލު ކުރުވުމަށް ކަމަށެވެ. އަދި ބެލުން ތެރިން މި ފިލްމު ބެލުމަށް ފަހު ރަނގަޅުގޮތް އިހްތިޔާރުކުރުން ކަމަށް މޯހިތު ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް