ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 18:12
އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިންގް ސްކޫލް
އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިންގް ސްކޫލް
މިހާރު
އައްޑޫ ފްލައިންގ ސްކޫލް
ހަތަރު ދަރިވަރަކު ވަކިކުރަން ނިންމި ނިންމުން ފްލައިން ސްކޫލުން ބަދަލު ކޮށްފި
 
ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާތީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ފްލައިން ސްކޫލާމެދު ފިޔަވަޅު އަޅާނެކަން ހާމަކޮށްފައި
 
ޓްރާންސްޕޯޓް މިނިސްޓްރީއިން ވެސް ވަނީ އެ ނިންމުން ބަދަލު ކުރަން އަންގާފައި
 
އެ ސްކޫލުން ވަނީ އެ ނިންމުން އިތުރަށް ރިވިއު ކުރުމުގެ ގޮތުން އެ ނިންމުމަށް އަމަލު ކުރުން މި ވަގުތަށް ސަސްޕެންޑު ކޮށްފައި

އައްޑޫ ސިޓީ ގަމުގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުން ދިޔަ ހަތަރު ދަރިވަރަކު ވަކިކުރަން ނިންމި ނިންމުން އެ ސްކޫލުން ބަދަލު ކޮށްފިއެވެ.

ފްލައިން ސްކޫލް ހިންގަމުން އަންނަ، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު ވަކިކުރަން ނިންމި ނިންމުން ބަދަލުކޮށްފައި ވަނީ، ޓްރާންސްޕޯޓް މިނިސްޓަރީން އެ ނިންމުން ބަދަލުކުރަން އަންގާފައި ވަނިކޮށެވެ.

އައްޑޫ އޮންލައިންއިން ހާމަކޮށްފައިވާ ގޮތުގައި، އެ ހަތަރު ދަރިވަރުން ވަކިކުރަން ނިންމައި އެކަން އެ ދަރިވަރުންނަށް އަންގާފައި ވަނީ ހުކުރު ދުވަހު އެ ދަރިވަރުންނަށް ފޮނުވި އީމެއިލަކުންނެވެ. ނަމަވެސް ހޮނިހިރު އެ ހަތަރު ދަރިވަރުންނަށް ފޮނުވި މެއިލެއްގައި އެ ސްކޫލުން ވަނީ އެ ނިންމުން އިތުރަށް ރިވިއު ކުރުމުގެ ގޮތުން އެ ނިންމުމަށް އަމަލު ކުރުން މި ވަގުތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ހަތަރު ދަރިވަރުން ވެސް ވަކިކުރީ އެއް ސަބަބުތަކެއްގައި ކަމަށްވާ އިރު އޭގެ ތެރޭގައި ފަރުވާކުޑަވުމާއި، ގަބޫލުކުރެވޭ ވަރަށް އެ ދަރިވަރުންނަށް ކުރިއެރުން ނައުން ކަމަށް ބުނެފައި ވެއެވެ. ވަކިކުރި ދަރިވަރުންނަކީ 2018 އަދި 2019 ގައި ސްކޫލާ ގުޅުނު ދަރިވަރުންނެވެ.

މި ހަތަރު ދަރިވަރުންނަކީ ވެސް ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.

ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ހުކުރު ދުވަހު ވަކިކުރީ، އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ވަނިކޮށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުރާސްފަތި ދުވަހު ބެރުނު ނޫސްބަޔާނެއްގައި ވަނީ އެ މިނިސްޓްރީގެ ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކޮށް ހިންގުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެންދާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާ އަދި އެ އެކަޑަމީގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް