ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 18:56
ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ހައްޔަރުކުރި މީހާ ސީރިޔާގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް
ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ހައްޔަރުކުރި މީހާ ސީރިޔާގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް
ރާއްޖެއެމްވީ
ނޭޝަނަލް ރީއިންޓިގްރޭޝަން ސެންޓަރ
ރީއިންޓިގްރޭޝަން ސެންޓަރގައި ބަންދު ކުރީ ސީރިއާއިން އައި މީހާ
 
މީހުން ބަންދު ކުރާ ތަނެއްގެ ގޮތުގައި އެސެންޓަރު ކަނޑައަޅާފައި ވަނީ 22 އޮކްޓޯބަރ ގައި
 
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެނބުރި ރާއްޖެ އައީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން
 
އޭނާ އަކީ 34 އަހަރުގެ ދިވެހި ފިރިހެނެއް

ފުރަތަމަ ފަހަރަށް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި މީހަކު ބަންދު ކޮށްގެން ރިހެބިލިޓޭޓް ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާއަކީ ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުމަށް ފަހު އޮކްޓޫބަރު 16 ވަނަ ދުވަހު ރާއްޖެ އައި 34 އަހަރުގެ ދިވެއްސެއް ކަމަށެވެ. އޭނާ ރާއްޖެއަށް އައިސްފައި ވަނީ އޮކްޓޫބަރު މަހުގެ 15 ގައެވެ.

ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އޭނާ ރީއިންޓެގްރާޝަން މަރުކަޒަށް ފޮނުވައިގެން 30 ދުވަހުގެ ތެރޭގައި އެސެސްމަންޓް ހަދަން ކޯޓުން އަމުރު ކުރީ، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރަން 23 އޮކްޓޫބަރުގައި ކޯޓަށް ހާޒިރު ކުރުމުންނެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާއަކީ ސީރިއާގައި އުޅުމަށް ފަހު ރާއްޖެ އައި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއެވެ. އަދި ހުކުރު ދުވަހުން ފެށިގެން އެ މީހާ ހުރީ އެ މަރުކަޒުގައި ބަންދު ކޮށްފައި ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މިއީ މި ސެންޓަރުގައި ބަންދު ކުރެވުނު ފުރަތަމަ މީހާއެވެ.

ރީއިންޓަގްރޭޝަން ސެންޓަރުގައި އޭނާ ބަންދު ކުރެވުނު ހޯމް މިނިސްޓްރީން ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ ނުރައްކަލުން ރައްޔިތުން ރައްކާތެރި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ. އެގޮތުން ހަރުކަށިފިކުރު ފެތުރުން ހުއްޓުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންއަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާއިމް ކުރެވިފައިވާ ރީއިންޓަގްރޭޝަން ސެންޓަރަކީ މި ފަދަ ހަނގުރާމަތަކުގައި ބައިވެރި ވުމަށް ފަހު އަނބުރާ ރާއްޖެ އަންނަ ފަރާތްތައް މުޖުތަމައުއަށް ދޫކޮށްލުމުގެ ކުރިން ރިހެބިލިޓޭޓް ކުރުމަށް ގެންދާ މަރުކަޒުތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
43%
29%
0%
14%
14%
0%
ކޮމެންޓް