ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 08:54
އެ ރަށު ކަނޑޫފާ ސަރަޙައްދުގައި އިކޮލޮޖިކަލް ސާރވޭއެއް ކުރިއަށް ގެންގޮސްފައިވޭ
އެ ރަށު ކަނޑޫފާ ސަރަޙައްދުގައި އިކޮލޮޖިކަލް ސާރވޭއެއް ކުރިއަށް ގެންގޮސްފައިވޭ
ރާއްޖެއެމްވީ
އައު ބާވަތެއްގެ ކަނޑޫގަހެއް ފެނުން
ރާއްޖެއިން އަލަށް ފެނުން ކަނޑުލުގެ ބާވަތަށް ކިިޔަނީ ކެލަވަކި
 
މިއީ ދުނިޔެއިން ނެތި ހިނގައި ދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް
 
ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ މި އަހަރުގެ މާރިޗު މަހު
 
މި ބާވަތުގެ 4 ގަސް ކެލާ ކަނޑޫފަލުން ވަނީ ފެނިފައި

ރާއްޖެއިން އަލަށް ފެނުން ކަނޑުލުގެ ބާވަތަށް ކެލާއަށް ނިސްބަތްކޮށް ނަންދީފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓްއިން ހޮނިހިރު ދުވަހު ބުނެފައި ވަނީ ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިފައިވާ މި ކަނޑޫ ގަސްތަކަށް ހއ. ކެލާ އަށް ނިސްބަތްކޮށް "ކެލަވަކި" މިނަން ދީފައިވާ ކަމަށެވެ. މިނަން ފާސްކޮށްފައި ވަނީ ދިވެހި ބަހުގެ އެކަޑަމީއިންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ގަހުގެ ނަން ކެލާއަށް ނިސްބަތް ކޮށް ކިޔަން ނިންމީ، އެ ރަށުގެ ކަނޑޫފަލުން މީގެ 4 ގަސް ފެނިފައިވާތީއެވެ.

އެ މިނިސްޓްރީއިން މި ގަސްތައް ފެނިފައިވާ ކަން ހާމަ ކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ ކުރީ ކޮޅުއެވެ. މިނިސްޓްރީން ބުނީ ކެލާއިން މި ބާވަތުގެ ކަނޑޫ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށާއި އަލަށް ފެނުނު މި ބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ މި އަހަރުގެ މާރޗު މަހު އެ ރަށު ކަނޑޫފާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާރވޭއެއްގައި ކަމަށެވެ.

ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ ކަނޑޫގަސް މިހާރުވަނީ ފެނިފައި

އެންވަޔަރަމަންޓް މިނިސްޓްރީއިން ކުރި ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ މި ބާވަތުގެ ފޯދިފައިވާ އެންމެ 200 ގަހެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިގެން ހިނގައި ދާނެ ކަމުގެ ބިރު ހީވެފައިވާ ދެ ބާވަތުގެ ތެރެއިން އެއް ބާވަތުގެ ގަހެވެ.

ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ ކަނޑޫ ގަސް ރެކޯޑް ކުރެވިފައެވެ. އަދި އަލަށް ފެނިގެން ދިޔަ މި ބާވަތާ އެކު ދިވެހިރާއްޖެއިން މުޅި އެކު 15 ބާވަތުގެ ކަނޑޫ ގަސް މިހާރު ވަނީ ފެނިފައެވެ.

މިއީ އަލަށް ރާއްޖެއިން ފެނުނު ބާވަތެއް ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ނަމަވެސް، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ މި ބާވަތުގެ ކަނޑޫ ކުރިން ވެސް ފެނިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
20%
0%
0%
60%
20%
ކޮމެންޓް