ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ރާއްޖޭގެ ކޮވިޑް-19 ހާލަތު

23 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތައް

  • ރިސޯޓް މުވައްޒަފުންގެ ތެރެއިން 34 މުވައްޒަފުން ދަނީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން
  • 22 ފަތުރުވެރިން ދަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން
  • ރާއްޖޭގެ 21 ރަށަކުން 46 މީހުން ދަނީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން

ކ. މާލެ | 24 އޮކްޓޯބަރ 2020 | ހޮނިހިރު 03:50 | 14,464

ރާއްޖޭގެ ރިސޯޓެއް، ރިސޯޓް މުވައްޒަފުންގެ ތެރެއިން 34 މުވައްޒަފުން ދަނީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން - އާކައިވް

ރާއްޖޭގެ 23 ރިސޯޓަކުން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރިސޯޓް މުވައްޒަފުންގެ ތެރެއިން 34 މުވައްޒަފުން ދަނީ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. އަދި 22 ފަތުރުވެރިން ދަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ 21 ރަށަކުން 46 މީހުން ކޮވިޑަށް ފަރުވާ ހޯދަމުންދާ އިރު، މީގެ ތެރެއިން 40 މީހުންނަކީ ދިވެހިންނެވެ. އަދި ހަ މީހުންނަކީ ބިދޭސީންނެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ މިވަގުުތު ފަރުވާ ހޯދަމުންދަނީ ހދ. ކުޅުދުއްފުށީގައެވެ. އެއީ އަށް ދިވެހިންނާއި ތިން ބިދޭސީންނެވެ. މީގެ އިތުރުން ލ. ކައްދޫ އިން ހަތް މީހަކު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު، ރ. ވާދޫ އިން ހަތަރު މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިރަށްތަކުގެ އިތުރުން މީހުން ޕޮޒިޓިވްވެފައިވާ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ހދ. ކުރިނބި، ރ. އުނގޫފާރު، އެއަތޮޅު ރަސްގަތީމް އަދި ދުވާފަރުގެ އިތުރުން ބ. އަތޮޅު ކެންދޫ، އޭދަފުށި، ހިތާދޫ، ޅ. ކުރެންދޫ، ތ. މަޑިފުށި، ލ. ގަން، ގއ. ކަނޑުހުޅުދޫ، ގއ. ކޮލަމާފުށި އަދި ޏ. ފުވައްމުލަކުގެ އިތުރުން ސ. ފޭދޫއެވެ.

އަތޮޅުތެރޭގައި ހުރި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގައި ދެ މީހުން ފަރުވާ ހޯދަމުންދާ އިރު، އެއީ ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހަކާއި ބ. އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.