ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ޔޮވިޗަށް ފިޔަވަޅު އަޅަން ނިންމުން

ރެއާލުގެ ޔޮވިޗަށް ހަ މަހުގެ ޖަލު ހުކުމެއް؟

  • ޔޮވިޗް ވަނީ އައިސޮލޭޝަން ގަވާއިދާ ޚިލާފަށް ސާބިއާގެ ވެރިރަށް ބެލްގްރޭޑުގެ މަގުމަތީގައި އުޅެފައި
  • ހަ މަހުގެ ޖަލު ހުކުމެއް ކުރުމަށް އެދުނީ ޔޮވިޗް ޖޫރިމަނާ ނުދެއްކުމުން

ކ. މާލެ | 23 އޮކްޓޯބަރ 2020 | ހުކުރު 21:46 | 18,260

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް - ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗަށް ހަ މަހުގެ ޖަލު ހުކުމެއް އައިސްފާނެ ކަމުގެ ބިރުބޮޑުވެއްޖެއެވެ.

މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޔޮވިޗް ވަނީ އޭނާގެ އުފަން ގައުމު ސާބިއާއަށް ގޮސްފައެވެ. އެހެންކަމުން ދެ ހަފުތާއަށް އަމިއްލަ ގޭގައި އައިސޮލޭޓްވާން ޔޮވިޗަށް އަންގާފައިވީ ނަމަވެސް، ޔޮވިޗް އޭނާގެ ރައްޓެހިންނާއެކު ސާބިއާގެ ވެރިރަށް ބެލްގްރޭޑުގެ މަގުމަތީގައި އުޅުނު ކަމަށް އެ ގައުމުގެ މީޑިއާތަކުން އޭރު ރިޕޯޓުކުރިއެވެ.

އެހެންކަމުން އެ މައްސަލަ ސާބިއާގެ ޕްރޮސެކިއުޓަރުން މިހާރު ބަލަމުން އަންނައިރު، އެ މައްސަލައިގައި ހަ މަހުގެ ޖަލު ހުކުމެއް ކުރުމަށް ޕްރޮސެކިއުޓަރުން އެދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ޔޮވިޗް ސާބިއާއަށް އައީ އެ ވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ސްޕެއިނުން ކަމަށްވެފައި، ލޮކްޑައުން ގަވާއިދާ ޚިލާފަށް އޭނާ ބޭރުގައި އުޅުމުންނެވެ. އަދި ހަ މަހުގެ ޖަލު ހުކުމެއް ކުރުމަށް ކޯޓުގައި އެދުމަށް ޕްރޮސެކިއުޓަރުން ނިންމީ ގަވާއިދާ ޚިލާފުވުމުން 30،000 ޔޫރޯގެ ޖޫރިމަނާއެއް ދެއްކުމަށް އެންގުމާއެކުވެސް، އެ ޖޫރިމަނާ ޔޮވިޗް ނުދެއްކުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިން ދޫކޮށް ސާބީއާއަށް ދިޔުމުން މީގެ ކުރިން ރެއާލުންވެސް ވަނީ ޔޮވިޗް ޖަވާބުދާރީ ކުރުވާފައެވެ. މާޗު މަހުގެ ކުރީކޮޅު ރެއާލުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ޔޮވިޗް ސްޕެއިން ދޫކޮށް ސާބިއާއަށް ދިޔައީ ރެއާލުގެ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން އަންގާފައި ވަނިކޮށެވެ.

އެހެންކަމުން އެ ފަހަރު ޔޮވިޗް ވަނީ އޭނާގެ ފަރާތުން ފެނުނު ކަންކަމަށް މާފަށްވެސް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.