ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 15:44
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދު
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާ އިސްރާފުކުރުން ހިމެނޭ: ހުތުބާ
 
މިއަދު އިއްވި ހުތުބާގައި ބުނީ އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅާދިޔުންކަމަށށް

އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާ އިސްރާފުކުރުން ހިމެނޭކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ކާބޯތަކެތީގެ ނުއިމަތައް ޝުކުރުކުރުމާ އިސްރާފު ނުކުުރުން މި މައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅާދިޔުން ކަމުގައެވެ. އެއީ ހަމައެކަނި ކެއިން ބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އުރެދުންތަކައް އަރައިގަތުން ގިނަކޮށް ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީވެސް އިސްރާފުކުރުން ކަމުގައެވެ.

ހުތުބާގައި ބުނީ ކާބޯތަކެތި ގުދަންކޮށް ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ބެހެއްޓުމަކީވެސް އިސްރާފު ކުރުންކަމުގައެވެ. އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލާ އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރު އަޅާކަމަށާއި، ކާބޯތަކެއްޗަކީ މާތް ﷲ ގެ ނިއުމަތަކަށް ވީހިނދު މި ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތައް ހަރާންކޯރުވުން ކަމުގައެވެ.

އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއްކަމަށް ބުނެ، ހުތުބާގައި ބުނީ އެއީ އޭގެ ސަބަބުން ސިއްހީ އަދި މާލީ ގެއްލުން މުޖްތަމައުއަށް ފޯރާނެ ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާގެ އިރުޝާދަށް ތަބައަވެގެން އިސްރާފު ނުވާގޮތަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކެއިންބުއިމުގައި ދީނީ އަދި ސިއްހީ އަދަބުތަކެއް ވާކަން ހަނދާންކޮށްދީ ހުތުބާގައި ބުނީ ކެއުމުގެ ކުރިންނާ ކެއުމަށްފަހު އަތްދޮވުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި ބިސްމި ކިޔުމާ، ކަނާތުން ކެއުމުގެ އިތުރަށް ކައި ނިންމުމަށްފަހު މާތް ﷲ އަށް ހަމްދު ކުރުމަކީ މި އަދަބުތަކުގެ ތެރެއިން ވާ މުހިއްމު ކަންކަން ކަމުގައެވެ. މީގެ އިތުރުންވެސް ލަސްލަހުން ފެންބުއިމާ، ފެންބޯ ތައްޓަށް ނޭވާ ނުލުމާ،ކާބޯތަކެއްޗަށް އަނގައިން ފުމުން ފަދަ ކަންކަމުން ދުރުހެލިވުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާގައި ބުނީ މިކަންކަން މަނާ ކުރެވިގެން ވަނީ އޭގެ ސަބަބުން އުފެދިދާނޭ ބަލިތަކަކަށްޓަކައި ކަމަށެވެ. އަދި މިއީ މިޒަމާނުގެ ޑޮކްޓަރުންވެސް ކަށަވަރު ކޮށްދީފައިވާ ހަގީގަތްތަކެއް ކަމަށާ ނަމަވެސް މީގެ އެއްހާސް ހަތަރު ސަތޭކަ އަހަރު ކުރިން ކީރިތި ރަސޫލާ ވަނީ މުސްލިމުންނަށް ކިންތައްތައް ދަސްކޮށްދެއްވާފައިކަމަށެވެ. ވުމާއެކު މިކަންކަމުން ފިލާވަޅު ލިބިގަނެ ހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތް ކުރުމަށްވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް