ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 16:11
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދަށް ޖަމާވެފައި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދަށް ޖަމާވެފައި
ޓްވިޓަރ
ވަޒީފާތަކަށް ބިދޭސީން ގެނައުން
ވަޒީފާތަކަށް ބިދޭސީން ގެންނައިރު "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފި
 
"ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" އެ މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިންނާއި އެކްސްޕެޓް އޮންލައިން ސިސްޓަމްއިންވެސް ލިބިވަޑައިގަންނަވާނެ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމުގައި "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފަައިވާ ގޮތުގައި، ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ވަޒީފާ ދޭ ފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ ތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ސިވިލް ކޯޓުގައި ނުވަތަ ރަށެއްގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ، "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ހުށަހަޅާންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ ބުނެފައިވާގޮތުގައި، "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" އެ މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިންނާއި އެކްސްޕެޓް އޮންލައިން ސިސްޓަމްއިންވެސް ލިބެެން ހުންނާނެ ކަމަށެވެ.

ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި ގިނަ އަދަދަކަށް އުޅޭއިރު، ގިނައީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. ރާއްޖޭގައި ގާތްގަނޑަކަށް ދެލައްކައެއްހާ ބިދޭސީން އުޅޭކަމަށްވެއެވެ. ދައުލަތުގެ އެއްވެސް އިދާރާއަކަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ނޭނގެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވުމާ ގުޅިގެން، މިސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މިމައްސަލައަށް ހައްލެއް ގެންނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެމީހުން ގައުމަށް ފޮނުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 20،000 ބިދޭސީން ގައުމަށް ފޮނުވާލުމަކީ އަމާޒެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
50%
0%
0%
0%
17%
ކޮމެންޓް