ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 04:42
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ޕޯސްޓުން ގެނައި ދޮޅު މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި
 
މަގުމަތީ އަގަކީ ގާތްގަނޑަކަށް 1،475،800 ރުފިޔާ
 
މި މަސްތުވާތަކެތީގެ ބަރުދަނުގަ ޖުމްލަ 503 ގްރާމް ހުންނާނެ

ކަސްޓަމްސްއިން ބުނީ ޕޯސްޓުގެ ޒަރީއާއިން ތަފާތު ބާރަ ފަހަރެއްގެ މަތިން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައި ވަނީ 28 ޖޫން 2020 އިން 13 އޮކްޓޯބަރ 2020 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 1،475،800 (އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
67%
0%
0%
33%
ކޮމެންޓް