އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ބޮލީވުޑް

ޝޭރްޝާހްގެ ޝޫޓިންތައް ފެށިއްޖެ

  • ފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު
  • މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް
  • ސިދާރތް މަލޯތްރާގެ އިތުރުން ދެން ފެނިގެންދާނީ ކިއާރާ އަދްވާނީ

ކ. މާލެ | 23 އޮކްޓޯބަރ 2020 | ހުކުރު 14:47 | 3,283

ޝޭރްޝާހްގެ ބަޠަލް ސިދާތް މަލޯތްރާ - އާކައިވް

ކޮވިޑް19 އާ ގުޅިގެން ގިނަ ދުވަސްތަކެއް ގޭގައި ހޭދަ ކުރުމަށްފަހު، ސިދާތު މަލޯތްރާ ޝޭރްޝާހްގެ ޝޫޓިންތައް ފަށައިފިއެވެ.

ފިލްމުގެ ޝޫޓިން ފެށުމާއެކު ސެޓްގައި ނަގާފައިވާ ފޮޓޯތައް ސިދާތު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއާއެކު، ސޯޝަލް މީޑިއާގައި ފޭނުން ދަނީ މި ޕޯސްޓްތަކަށް ކޮމެންޓްކޮށް މަރުހަބާ ކިޔަމުންނެވެ.

ޝޭރްޝާހްއަކީ ކަރްގިލް ހަނގުރާމައިގެ ބަޠަލެއްކަމަށްވާ ކެޕްޓަން ވިކްރަމް ބަތްރާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ވިކްރަމްގެ ލޯބިވެރިޔާ ޑިމްޕަލް ޗީމާގެ ރޯލުން ފެނިގެންދާނީ ކިއާރާ އަދްވާނީއެވެ.

މި އަހަރުގެ ތެރޭގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވީނަމަވެސް، ކޮވިޑް19 ޕެންޑެމިކާ ގުޅިގެން ފިލްމު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. ނަމަވެސް ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.