އަންގާރަ 01 ޑިސެންބަރު 2020
05 ދޮށަ
1442 ރަބީޢުލްއާޚިރު 15
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:19
އިރުއޮއްސޭ 17:53
އިޝާ 19:10
ޒުވާނުންގެ ދުވަހު ރައީސް ދެއްވި މެސެޖް

ޤައުމުގެ މުސްތަޤުބަލު ބިނާ ކުރުމުގައި ޒުވާނުންގެ ބަސް މުހިއްމު: ރައީސް

  • ޤައުމުގެ ހުރިހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައިވޭ
  • ޒުވާނުންނަށް ޤާބިލިއްޔަތުކަން ދެއްކުމަށް ފުރުސަތު ތަނަވަސް ކޮށްދެންޖެހޭ
  • މުސްތަޤުބަލު ބިނާ ކުރުމުގައި ޒުވާނުންގެ ބަސް ހިމަނަން ޖެހޭ

ކ. މާލެ | 22 އޮކްޓޯބަރ 2020 | ބުރާސްފަތި 12:57 | 6,432

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ސޯލިޙު ވަނީ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައި - ރައީސް އޮފީސް

ޤައުމުގެ މުސްތަޤުބަލު ބިނާ ކުރުމުގައި ޒުވާނުންގެ ބަސް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ބުރާސްފަތި ދުވަހު ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމުގެ ހުރިހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ޤައުމު ހިންގުމުގައި ޒުވާނުން އިސް ރޯލެއް އަދާ ކުރާ ކަމަށާއި، ޒުވާނުންނަށް އެކަމުގެ ޤާބިލިއްޔަތު ދެއްކުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، ޤައުމުގެ ކަންކަން ނިންމުމާއި، މުސްތަޤުބަލު ބިނާ ކުރުމުގައި ޒުވާނުންގެ ބަސް ހިމަނަން ޖެހޭ ކަމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

22 އޮކްޓޫބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.