ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ނޭކުރަންދޫ ޖަލުގެ މަސައްކަތް

ނޭކުރަންދޫ ޖަލުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް އުންމީދުކުރެވޭ: މިނިސްޓަރ

  • މަރޗް މަހުގެ 17 ވަނަ ދުވަހު އީއައިއޭ އަދި އެސްއައިއޭ ހެދުމަށް އިއުލާން ކުރެވިފައިވޭ
  • އެމަސައްކަތް ހަވާލުކުރުމާއި ހަމައަށް ނުދަނީސް ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަށްދާންޖެހި މުޅި މަސައްކަތް ހުއްޓުމަކަށް އައި
  • މިއަހަރު ނިމެންވާއިރަށް އީއައިއޭ އަދި އެސްއައިއޭ ހެދުމުގެ މަސައްކަތް ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި

ކ. މާލެ | 22 އޮކްޓޯބަރ 2020 | ބުރާސްފަތި 12:58 | 2,483

ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ - މަޖިލިސް

ހދ ނޭކުރަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް އަންނަ އަހަރު ކޮންމެސް ގޮތަކުން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ ވަނީ ނޭކުރަންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިޔަށް ގެންދިޔުމަށް ބަޖެޓްކުރެވިފައިވާއިރު އެމަސައްކަތް އަމަލީ ގޮތުން ފެށޭނެ ތާރީޚަކާއި ގުޅޭގޮތުން މިނިސްޓަރ އަރިހުގައި ސުވާލު ދަންނަވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ނޭކުރަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ޖަލަކީ ޕްރިޒަން ރިފޯމް އެޖެންޑާގެ ތެރެއިން ސަރުކާރުން އިސްކަމެއްދީގެން ކުރުމަށް ގަސްތުކޮށްފައިވާ ބޮޑު މަޝްރޫއެއް ކަމަށެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓްގައި އެކަމަށް ސަތާރަމިލިއަން ހަަތަރު ލައްކަ ރުފިޔާ ހަމަޖެހި އެމަސައްކަތް ފެށުމަށް ރައީސް އޮފީހުން ހޯމް މިނިސްްޓްރީ އާ މިއަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ރައީސް އޮފީހުގެ ނިންމެވުމާއި ގުޅިގެން ވަކި ޝެޑިއުލެއްގެ ތެރެއިން މިއަހަރަށް ކަނޑައެޅިފައިވާ މަސައްކަތް ކުރުމަށް ރާވާއި ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަރޗް މަހުގެ 17 ވަނަ ދުވަހު އީއައިއޭ އަދި އެސްއައިއޭ ހެދުމަށް އިއުލާންކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެމަސައްކަތް ހަވާލުކުރުމާއި ހަމައަށް ނުދަނީސް ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަށް ދާންޖެހި މުޅި މަސައްކަތް ހުއްޓުމަކަށް އައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެފަހުން ޖުލައި މަހުގެ 23 ގައި ފިނޭންސް މިނިސްޓްރީން މުޅި ދައުލަތުގެ ބަޖެޓް ރިވިއުކުރުމުގެ ތެރެއިން ހޯމް މިނިސްޓްރީއަށް ކަނޑައެޅިފައިވާ ބަޖެޓްވެސް ރިވިއު ކުރައްވައި، އެ މަޝްރޫޢަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން އެއް ލައްކަ ފަންސާސް ހާސް ރުފިޔާ ނޫން ހުރިހާ ފައިސާއެއް ވަނީ ގެންދަވާފައި. އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ވާނީ އީއައިއޭ އާއި އަދި އެސްއައިއޭ ހެދުމަށް އިއުލާންކޮށްފައި. އަޅުގަނޑު ހިތުން އެމަސައްކަތް ލަސްތަކެއްނުވެ ކުރިޔަށްދާނެ.

~ ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އެ ދެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އަންނަ އަހަރަށް ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރިއޮރައިޓައިޒްކުރުމުގެ މަޝްވަރާތަކުގެ ތެރެއިން ރައީސް އޮފީހާއިއެކު ކުރެވުނު މަޝްވަރާތަކުގައި ނޭކުރަންދޫ ޖަލުގެ މުހިންމުކަން ފާހަގަކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް އިސްކަންދެއްވާނެ ކަަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރު މިމަސައްކަތްކޮންމެސް ގޮތަކުން ފެށޭނެމަގެއް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުތަކުގެ ނިޒާމު ޚަރުދަނާކުރުމުގެ މަސައްކަތަކީ މިސަރުކާރުން އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.