ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 11:31
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
ޝުއައިބް މުހައްމަދު އިގްބާލް
ޒުވާނުންގެ ގައުމީ ދުވަސް
މަހްލޫފްގެ މެސެޖް ޒުވާނުންނަށް: ބޭނުންވާ މަންޒިލަށް ވާސިލްވާނީ ނުގުޑާ އަޒުމެއްގައި މަސައްކަތް ކޮށްގެން
 
ޒުވާނުންނަށް ވަގުތު ދެއްވާ ކަމަށް މިނިސްޓަރ ވިދާޅުވި
 
ކޮވިޑް-19 އާއި ހެދި ކުލަގަދަ ހަރަކާތްތަކެއް ނުބޭއްވުނު
 
22 އޮކްޓޫބަރު ކަމަށް ކަނޑައެޅީ މިދިޔަ އަހަރު

ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ހިތްވަރާއި ނުގުޑާ ޢަޒުމެއްގައި މަސައްކަތް ކޮށްފި ކޮންމެ ޒުވާނަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ، ޒުވާނުންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގަ އެވެ .

މަހްލޫފް ވިދާޅުވީ، ރާއްޖޭގައި ތިބި ހުރިހާ ޒުވާނުންނާއި ވަކި ވަކިން ބައްދަލު ނުކުރެވުނު ކަމުގައިވިޔަސް އެކި ދާއިރާތަކުން އައު ހިޔާލުތަކާއި، އައު ވިސްނުންތަކާއި އެކީގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނާއި ބައްދަލުވެފައިވާ ކަމަށެވެ. އަދި ހަމަ އެގޮތަށް ޒުވާނުންނަށް މިހާރުވެސް ލިބޭ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމުގެ ޔަގީންކަން މަހްލޫފް ދެއްވިއެވެ.

''ރަސްމީކޮށް ވިޔަސް ނުރަސްމީ ކޮށްވިޔަސް މިހާރެކޭ އެއްގޮތަށް ތިބޭފުޅުން އަޅުގަނޑަށް އެޕްރޯޗް ކުރައްވަމުން ގެންދަވާ. ހަމަ ގައިމުވެސް އަޅުގަނޑަށްވީ ވަރަކުން ވަގުތު ދޭނަން.''މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، ކަންކަން ހާސިލުކުރުމަށްޓަކައި ބޭނުންވާ މަންޒިލަށް ދަތުރުގައި ގިނަ ގޮންޖެހުންތަކެއް އަދި ދަތި އުދަގޫތަކުގެ އިތުރުން ހުރަސްތަކާއި ދިމާވާނެ ކަމަށެވެ.

މަސައްކަތް ކޮށްފިނަމަ ކޮންމެ ޒުވާނަަކަށް ވަކި ގިންތި އެއް ވަކި ފަންތި އެއް ނެތި އެ ފުރުސަތު އޮންނާނެ ކަން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ވެސް ވަނީ އެނގިފައި
އަހުމަދު މަހްލޫފް - ޔޫތް މިނިސްޓަރު

މިނިސްޓަރު މަހްލޫފް ވަނީ ޔޫތް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ގައުމީ ޒުވާނުންގެ ދުވަސް އޮތީ ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އޮޮންލައިން ކޮށެވެ.

އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަސް ކަމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. 22 އޮކްޓޫބަރަކީ މީގެ 13 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އައި ތާރީހު، އެކިފަހަރުމަތިން ވަނީ ބަދަލު ކޮށްފައެވެ. އެގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1992 ވަނަ އަހަރުގެ މަރޗް މަހުގެ އެއްވަނަ ދުވަހުއެވެ.

އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ